ads
ކޮވިޑް19 އަށް ޓެސްޓް ކުރުން--
ރަށްރަށުން ބައެއް މީހުން ސާމްޕަލް ދިނުމަށް ދެކޮޅުހަދާ: އެޗްއީއޯސީ
ބައެއް ރަށްރަށުން މީހުން ކޮވިޑް19 އަށް ސާމްޕަލް ދިނުމަށް ދެކޮޅު ހަދަމުން އަންނަކަމަށް ހެލްތް އިމާޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)އިން ބުނެފި އެވެ.

އެޗްއީއޯސީން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ ސެންޓަރުގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގް ވިދާޅުވީ ރަށްރަށުގައި ބައެއް ފަހަރު އެކްޓިވް ސަވައިލެންސް އިން ސާމްޕަލް ނަގަން އުޅޭއިރު، ބައެއް ބޭފުޅުން ސާމްޕަލް ދިނުމަށް ދެކޮޅުހަދާ ކަމަށެވެ. 

ޑރ. ނަޒްލާ ވިދާޅުވީ ރަށެއްގައި ބަލި ނެތުމުން ސާމްޕަލް ނަގަން ނުޖެހޭ ކަމަށް ބައެއް ފަރާތްތަކަށް ހީވުމަކީ ގޯހެއް ކަމަށާއި، ރަށެއްގައި ބަލި އުޅޭކަން ވެސް ދެނެގަނެވެނީ ޓެސްޓް ކޮށްގެންކަމަށެވެ.

ބަލި އުޅޭކަން ދެނެގަންނަން އެންމެ އަވަހަށް، އެންމެ ފަސޭހައިން ކުރެވޭނެ ކަމަކީ ފްލޫ ކްލިނިކަށް ދާ މީހުންގެ ސާމްޕަލް ނެގުމާ އަދި އެހެން ވެސް ބައެއް ކަހަލަ ހާލަތްތަކުގައި ދޭތެރެ ދޭތެރެއިން އެކްޓިވް ސާވައިލެއްންސަށް ސާމްޕަލް ނެގުންކަން ޑރ. ނަޒްލާ ފާހަގަކުރެއްވި އެވެ. އަދި ސާމްޕަލް ދިނުމަށް އެދުމުން އެކަމަށް ކިޔަމަން ވުމަށްވެސް ޑރ. ނަޒްލާ ވަނީ އެދިވަޑައިގެންފައެވެ. 

މީގެ އިތުރުން ބައެއް ބެލެނިވެރިން ކުޑަކުދިންގެ ސާމްޕަލް ނެގުމަށް ޖެހިލުންވާކަން ފާހަގަކޮށް ޑރ. ނަޒްލާ ވިދާޅުވީ ކުޑަކުދިންގެ ބަލިހުރިތޯ ނުވަތަ ނެތްތޯ ދެނެގަތުމަކީ މުހިންމުކަމެއް ކަމަށެވެ. 

އެހެންކަމުން ސާމްޕަލް ދިނުމަށް އެދުމުން ސާމްޕަލް ދިނުމަކީ މުހިންމު ކަމެއްކަމަށާއި، އަދި ހާއްސަކޮށް ކޮންޓެކްޓުން ސާމްޕަލް ދޭންޖެހޭނެ ކަމަށް ވިދާޅުވި އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް