ބާޖަށް މައްސަލަ ދިމާވުމުން ތެލުގެ ދަތިކަން ދިމާވެފައި ވަނީ ގދ. ވާދޫ، ނަޑެއްލޭ އަދި ފިޔޯރީ އަށެވެ. އެސްޓީއޯއިން ބުނީ މައްސަލަ ދިމާވެފައި ވަނީ ބާޖުގެ ޕެޓްރޯލް މީޓަރަށް ކަމަށެވެ.
އެސްޓީއޯ އިން އިތުރަށް ބުނީ އެ މައްސަލަ ހައްލު ކުރަން މާލެއިން ބޯޓެއް ފުރާފައިވާ ކަމަށާއި، ތެލުގެ ދަތިކަން ދިމާވި ނަމަވެސް އެއްވެސް ރަށަކުން ތެޔޮ ހުސްވި ކަމުގެ ޝަކުވާ ނުލިބޭ ކަމަށެވެ.
ވާދޫގައި ތެޔޮ ޝެޑެއް ހިންގާ ޖިއޯ ވޭވް ޕްރައިވެޓް ލިމިޓެޑުން ނެރުނު ބަޔާނެއްގައި ބުނީ އެ ކުންފުނީގެ ޝެޑުން ޕެޓްރޯލް ހުސްވެފައިވާ، އެހެންވެ އެ ރަށުން ޕެޓްރޯލް ނުލިބޭ ކަމަށެވެ.