ads
ގއ. މާމެންދޫ-- ފޮޓޯ: ލޯކަލް އެމްވީ
މާމެންދޫގައި ދުވަސްވީ މީހަކު ބަލައިދޭނެ ފަރާތެއް ހޯދަނީ
ގއ. މާމެންދޫގައި މަގުމަތިވެފައިވާ އުމުރުން ދުވަސްވީ މީހަކު ބަލައިދޭނެ ފަރާތެއް ހޯދަން އެ ރަށު ކައުންސިލުން އިއުލާންކޮށްފި އެވެ.

މިދިޔަ އާދީއްތަ ދުވަހު ނެރުނު އިއުލާނުގައި ބުނެފައި ވަނީ 80 އަހަރުގެ އަލިފުތު ބަލައިދެވޭނެ މީހަކު ހުރި ނަމަ މިއަދު ހެނދުނު 11:00 ގެ ކުރިން މައުލޫމާތު ސާފު ކުރުމަށެވެ. 

މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ބަލައިދޭނެ މީހަކު އަދި ހުށަހަޅާފައެއް ނުވެ އެވެ. އެކަމަކު އޭނާ ބަލައިދޭން އެއްބަސްވާ ފަރާތަކަށް އެހީ ފޯރުކޮށްދޭން ބައެއް މީހުން ވަނީ ހުށަހަޅާފަ އެވެ. 

އަލިފުތުގެ އަންހެނުން މީގެ އަށް އަހަރު ކުރިން މަރުވެފައި ވާއިރު، އޭނާގެ އުފަން ދަރިއެއް ނުހުރެ އެވެ. ހުންނަނީ އުމުރުން 65 އަހަރުގެ ދޮން ދަރިއެކެވެ. 

އޭނާގެ ހާލަތު ހުރި ގޮތުން ދޮންބައްޕަ ބެލެން ނެތުމުން، މިދިޔަ ހަފްތާއިން ފެށިގެން އަލިފުތު ހުރީ ކައުންސިލުގެ ބެލުމުގެ ދަށުގައި ކަމަށް ވެއެވެ. 

އެ މައްސަލަ މިހާރު ވަނީ ޖެންޑާ މިނިސްޓްރީގެ ސަމާލުކަމަށް ވެސް ގެނެސްފަ އެވެ. އެކަމަކު އެ މިނިސްޓްރީން އަދި އެކަމާ ބެހޭ ގޮތުން ވަކި އެއްޗެއް ނާނގަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް