ޖޭއެސްސީން ބުނެފައިވަނީ މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން)އިން ނެރުނު ރިޕޯޓަކާއި ގުޅިގެން އެ ރިޕޯޓް ނެރުނު ޖަމިއްޔާއާއި އެ ރިޕޯޓް ތައްޔާރުކުރި ފަރާތްތަކާއި މެދުފިޔަވަޅު އެޅުމަށް ގޮވާލާ ހުޅުދުއްފާރުގައި ބޭއްވި ހަރަކާތުގައި ހުޅުދުއްފާރު މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަލީ މުސްތަފާ ބައިވެރިވެފައިވާކަން ސާބިތު ކުރެވޭ ކަމަށެވެ.
އަދި އިސްމެޖިސްޓްރޭޓް އަލީ މުސްތަފާގެ އަމަލު ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާއި ހިލާފުވެފައިވާކަމަށް ޖޭއެސްސީން ވަނީ ކަނޑައަޅާފައެވެ.
އަދި މައްސަލައިގައި ފާހަގަކުރެވުނު ކަންކަމަށް ރިއާޔަތްކޮށް އިސްމެޖިސްޓްރޭޓް އަލީ މުސްތަފާއަށް ނަސޭހަތް ދިނުމާއި އެކު ކޮމިޝަނުން ކަނޑައަޅާ ތަމްރީން ޕްރޮގްރާމެއް ފުރިހަމަކުރުމަށް އެންގުމަށް ނިންމާފައިވާ ކަމަށް ޖޭއެސްސީން މައުލޫމާތު ދީފައިވެ އެވެ.