ކޮންމެ މަހަކު ވެސް ޖެންޑާ މިނިސްޓްރީން އާއްމު ކުރާ ތަފާސްހިސާބުގައި އެންމެ ގިނައިން ހުށަހަޅާފައިވާ ކަމަށް ފާހަގަކޮށްފައި ހުންނަނީ ކުޑަކުދިންގެ މައްސަލަ އެވެ.
އެގޮތުން އޮގަސްޓް މަހު ހުށަހެޅި 184 މައްސަލައިގެ ތެރެއިން 103 މައްސަލައަކީ ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތަކެވެ. އެއީ މައްސަލަތަކުގެ 55.9 ޕަސަންޓެވެ.
ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާ:
އޭގެ އިތުރުން ކުޑަކުދިންގެ އަހުލާގާ ގުޅުން ހުރި ނުވަ މައްސަލައެއް ވެސް އޮގަސްޓް މަހު ހުށަހަޅާފައި ވެއެވެ. އޭގެ ތެރޭގައި ގެއިން ނިކުމެގެން ދިއުމުގެ ތިން މައްސަލަ އަދި ސްކޫލަށް ދާން ބޭނުންނުވުމުގެ ތިން މައްސަލަ ހިމެނެ އެވެ.
މިދިޔަ މަހު ވަނީ އެކި ބާވަތުގެ ކުށްކުރާ ކުޑަކުދިންގެ ހަތަރު މައްސަލަ ރިޕޯޓުކޮށްފަ އެވެ. އޭގެ ތެރޭގައި ވައްކަމުގެ މައްސަލައަކާއި މާރާމާރީގެ މައްސަލައެއް ހިމެނެ އެވެ. ހައްގުތަކުން ކުޑަކުދިން މަހްރޫމް ކުރުމުގެ ދެ މައްސަލަ ހުށަހަޅާފައި ވާއިރު، އޭގެ ތެރޭގައި ތައުލީމަށް ހުރަސް އެޅުމުގެ މައްސަލައެއް ހިމެނެ އެވެ.
އާއިލީ މައްސަލަތަކުގެ ގޮތުގައި 16 މައްސަލަ ރިޕޯޓުކޮށްފައި ވެއެވެ. އެއީ ކުދިންނާ ބައްދަލު ނުކުރެވޭ 10 މައްސަލަ، ކުދިން ބެލުމާ ގުޅުން ހުރި ފަސް މައްސަލަ، އަދި ދަރިންނަށް ހަރަދު ދިނުމުގެ އެއް މައްސަލަ އެވެ.