ads
އައިޝްވާރިޔާ---
ކޮވިޑާ ހެދި އައިޝްވާރްޔާގެ "ނޯތީ ބިނޯދިނީ" ނުފެށިފައި
ކޮވިޑް-19 އިން ރަނގަޅުވުމަށް ފަހު އައިޝްވާރްޔާ ރާއީ ބަޗަންގެ ވަގުތުތައް ހޭދަ ކުރަމުން ދަނީ އާއިލާ އާއެކު ގޭގަ އެވެ. އެންމެ ފަހުން "ފަންނޭ ހާން" އިން ފެނުނު އެކްޓްރެސް ދެން ފެންނާނީ ޕްރަދީޕް ސަރްކާރްގެ "ނޯތީ ބިނޯދިނީ" އިންނެވެ.

އެ ފިލްމުގައި އައިޝްވާރްޔާ ކުޅެނީ ބިނޯދިނީ ދާސީ ނަމަކަށް ކިޔާ ތިއޭޓާ އެކްޓަރެއްގެ ރޯލެވެ. ދާދި ފަހުން ދިން އިންޓަވިއު އެއްގައި ޑިރެކްޓަރު ޕްރަދީޕް ސަރުކާރު ބުނެފައި ވަނީ މާޗް މަހުގެ ކުރިން ކޮވިޑް ވެކްސިން އަންނާނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ. ފިލްމުގެ މަސައްކަތް ފެށޭނީ އޭރުން ކަމަށް އޭނާ ބުންޏެވެ. 

އޭނާ އިތުރަށް ބުނީ އައިޝްވާރްޔާ ހުރީ މަސައްކަތް ފަށަން ތައްޔާރަށް ކަމަށާއި މިހާރު ކުރަމުން ދަނީ ސްކްރިޕްޓުގެ ލިޔުމުގެ ކަންކަން ކަމަށެވެ. އެހެން އެކްޓަރުން ކައިރިއަށް އަދި ނުދާ ކަމަށާއި މަޑުކޮށްގެން ހުރީ ބަލިމަޑުކަން ފެތުރުން ކޮންޓްރޯލް ވަންދެން ކަމަށް ވެސް ޕްރަދީޕް ސަރުކާރު ވަނީ ބުނެފަ އެވެ. 

އެ ފިލްމުގެ އިތުރުން ޑާކް ކޮމެޑީ ފިލްމަކާއި ސައިކޮލޮޖިކަލް ތްރިލާއެއްގެ މަސައްކަތް ވެސް އޭނާ ދަނީ ކުރަމުންނެވެ. އައިޝްވާރްޔާގެ ފިލްމު މަޑު ޖައްސާލުމަށް ފަހު، އެ ދެ ފިލްމައިގެން ކުރިއަށް ދިޔުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމުގައި އޭނާ ބުންޏެވެ. 

"ނޯތީ ބިނޯދިނީ" ގެ އިތުރުން މާނީ ރަތްނަމްގެ ފިލްމު "ޕޮންނިއްޔަ ސެލްވާން" އިން ވެސް އައިޝްވާރްޔާ ފެނިގެން ދާނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް