ads
ޒެކްރިޑްޒް ރޮޑްޒީގެ ފޯނުން ފެނުނު ސެލްފީއެއް-- ފޮޓޯ: ޒެކްރިޑްޒް ރޮޑްޒީ
ގެއްލުނު ފޯނު ފެނުނުއިރު ރާމާމަކުނުގެ ސެލްފީތަކެއް
މެލޭޝިއާގެ ފިރިހެނެއްގެ ގެއްލުނު ފޯނު ޖަންގަލި ތެރެއިން ފެނުނު އިރު، އޭގައި ރާމާމަކުނު ނަގާފައި ހުރި ސެލްފީތަކެއް ސޭވްވެފައި ހުއްޓާ ފެނިއްޖެ އެވެ.

އުމުރުން 20 އަހަރުގެ ޒެކްރިޑްޒް ރޮޑްޒީގެ ފޯނު ގެއްލުނުތާ އެއް ދުވަސް ފަހުން އެ ފޯނު ފެނުނީ އޭނާ ދިރިއުޅޭ ގޭގެ ފަހަތުގައި އޮންނަ ޖަންގަލީގެ ތެރެއިންނެވެ. 

އެ ފޯނު ފެނުނު އިރު ރާމާމަކުނުގެ ސެލްފީގެ އިތުރުން ރާމާމަކުނެއް ފޯނު ކާލަން މަސައްކަތް ކުރާ ފޮޓޯ ވެސް އޭގައި ހުއްޓެވެ. އެ ފޮޓޯތައް ވަނީ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ދައުރުވެފަ އެވެ. 

ޒެކްރިޑްޒް ބުނީ އޭނާގެ ފޯނު ގެއްލުމުން ވަގަށް ނެގީ ކަމަށް ހީކުރި ކަމަށެވެ. އެކަމަކު ފޯނު ގެއްލުނު ސީދާ ގޮތެއް ޔަގީން ނުވާ ކަމަށް ބުނެފައި ވެއެވެ. 

އަދި އެ ފޯނުގައި ރާމާމަކުނު ފޮޓޯ އާއި ވީޑިއޯ ރިކޯޑުވި ގޮތެއް ވެސް އޭނާއަކަށް ނޭނގެ އެވެ. އެ ފޯނު ފެނުނީ ގޭގެ ފަހަތުގައިވާ ގަސްތަކުގައި ރާމާމަކުނެއް އިން ތަން ޒެކްރިޑްޒްގެ ބައްޕައަށް ފެނުމުންނެވެ. 

އޭރު ފޯނަށް ގުޅާލުމުން ގަސްތަކުގެ ތެރެއިން ރިންގުވާ އަޑު އިވުނު ކަމަށާއި، ޖަންގަލި ތެރެއަށް ވަދެގެން ފޯނު ފެނުނު ކަމަށް އޭނާ ވަނީ ބުނެފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް