ads
މަރަދޫ ފޭދޫ-- ފޮޓޯ: އަވާޒް
މަރަދޫފޭދޫ އަދި މަރަދޫގެ ނަރުދަމާގެ މަސައްކަތުގެ ބޮޑުބައެއް ނިންމާ ފެނަކައާ ހަވާލުކޮށްފި
އައްޑޫ ސިޓީ މަރަދޫފޭދޫ އަދި މަރަދޫގެ ނަރުދަމާ މަޝްރޫއުގެ މަސައްކަތުގެ ބޮޑު ބައެއް ނިންމުމަށް ފަހު ފެނަކަ ކޯޕަރޭޝަން ލިމިޓެޑާ ހަވާލުކޮށްފި އެވެ.

އެ މަޝްރޫއުގެ ދަށުން އެމްޓީސީސީ އިން ވަނީ ސ. މަރަދޫ އަދި ސ. މަރަދޫފޭދޫގެ ނަރުދަމާ ނިޒާމް ގާއިމްކުރުމަށް ބޭނުންވާ ހުރިހާ މަސައްކަތެއް އެއްކޮން ނިންމާފަ އެެވެ. އަދި މިހާރު ކުރިއަށް ދަނީ ސ. ފޭދޫގެ ސީއައުޓްފޯލްގެ ރެކްޓިފިކޭޝަން މަސައްކަތްތަށް ކަމަށް އެމްޓީސީސީން ބުނެ އެވެ.

އެންވާރަމަންޓް މިނިސްޓްރީގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ އެ މަޝްރޫއުއަކީ 124,189،253.62 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

އެ މަޝްރޫއު އެއްކޮށް ނިންމާލުމަށް ތާވަލުކޮށްފައި ވަނީ މިއަހަރުގެ ޑިސެމްބަރުގެ ނިޔަލަށެވެ.

މަޝްރޫއުގެ ދަށުން ސ. މަރަދޫފޭދޫ އަދި ސ. މަރަދޫގައި ނަރުދަމާ ނިޒާމް ގާއިމް ކުރުމުގެ މަސައްކަތް ނިންމައި ފެނަކަ ކޯޕަރޭޝަން ލިމިޓެޑާއި ހަވާލު ކުރުމުގެ ކުރިން، އެ ދެ ރަށުގެ ޕަމްޕިން ސްޓޭޝަން، ޕެނަލް ބޯޑްސް އަދި ޓްރާންސްފާ ސްޓޭޝަންތައް އެމްޓީސީސީ އާއި ފެނަކަ ކޯޕަރޭޝަން އަދި ކޮންސަލްޓެންޓުންގެ ޓީމުން ބަލައި ފާސްކޮށްފައިވާ ކަމަށް އެމްޓީސީސީއިން ބުނެ އެވެ. 

އަދި މި ދެ ރަށުގައި 10,289 މީޓަރުގެ ހޮޅި ވަޅުލައި، މަރަދޫގެ ޓްރާންސްފާ ސްޓޭޝަންގައި 720 މީޓަރުގެ ސީއައުޓްފޯލްއެއް ގާއިމުކޮށްފައި ވެއެވެ. މީގެ އިތުރުން، އެމްޓީސީސީގެ ޕްރޮޖެކްޓްސް ޓީމުގެ ފަރާތުން ފެނަކަ ކޯޕަރޭޝަން ލިމިޓަޑްގެ މުވައްޒަފުންނަށް ނަރުދަމާ ނިޒާމް މައުލޫމާތު ފޯރުކޮށްދިނުމުގެ ގޮތުން ތަމްރީނުކުރުމުގެ ސެޝަންތަކެއް ބާއްވާފައި ވެސް ވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް