އެގޮތުން ފިޔާ ކިލޯއެއްގެ އަގު 25 ރުފިޔާއަށް ވުރެ މައްޗަށް އަރާފައި 25 ކިލޯގެ ފިޔާ ބަސްތާއެއްގެ އަގު މިއަދު ވަނީ 700 ރުފިޔާއަށް އަރާފަ އެވެ.
އިންޑިއާއިން ފިޔާ އެކްސްޕޯޓް ކުރުން މަނާ ކުރި ނަމަވެސް، ރާއްޖެއަށް ބޭނުންވާ ވަރަށް ސަޕްލައި ފޯރުކޮށްދޭނެ ކަމަށް ފޮރިން މިނިސްޓްރީ އާއި އިންޑިއާގެ ހައި ކޮމިޝަނުން އިއްޔެ ވަނީ ބުނެފަ އެވެ.
އެކަމަކު ބާޒާރު މަތީގެ ބައެއް ފިހާރަތަކުން ބުނަނީ މިހާރު ވެސް ސްޓޮކް ހުސްވެފައިވާ ކަމަށެވެ. އެހެން ބައެއް ފިހާރަތަކުން ބުނެފައި ވަނީ ސްޓޮކް ނުލިބި ދާނެ ކަމަށް ކޮންޓްރޯލް ކޮށްގެން ވިއްކަނީ ކަމަށެވެ.