ads
ކޮވިޑް ވެކްސިން--
ރަޝިއާ ވެކްސިންގެ 100 މިލިއަން ޑޯޒް އިންޑިއާއަށް
ރަޝިއާގެ ކޮވިޑް-19 ވެކްސިން ސްޕަޓްނިކް-ވީ ގެ 100 މިލިއަން ޑޯޒް އިންޑިއާއަށް ވިއްކަން ނިންމާފައިވާ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

ރިޕޯޓުތައް ބުނާ ގޮތުން އެ ވެކްސިންގެ 100 މިލިއަން ޑޯޒް ގަންނަން ހުށަހެޅީ އިންޑިއާގެ ބޮޑު ބޭސް އުފައްދާ ކުންފުންޏަކުންނެވެ. އަދި އެގޮތަށް ރަޝިއާއިން ވަނީ އެއްބަސްވެފަ އެވެ. 

އިންޑިއާގައި އެ ވެކްސިން ޓެސްޓު ކުރުމުގެ ކަންކަން އެ ކުންފުންޏާ ގުޅިގެން ކުރިއަށް ދާނެ ކަމަށް ރިޕޯޓުތައް ބުނެ އެވެ. އެކަމަކު އެކަން ކުރުމަށް އިންޑިއާގެ ކަމާ ބެހޭ އިދާރާތަކުގެ ހުއްދަ ވެސް ބޭނުންވެ އެވެ.

ރަޝިއަން ޑައިރެކްޓް އިންވެސްޓްމަންޓް ފަންޑުން މިހާރު ވެސް ވަނީ ކަޒަކިސްތާން، ބްރެޒިލް އަދި މެކްސިކޯ އަށް ވެކްސިން ސަޕްލައި ކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ. 

އޭގެ އިތުރުން ސްޕަޓްނިކް-ވީ ގެ 300 މިލިއަން ޑޯޒް އުފެއްދުމަށް އިންޑިއާ އާއެކު އެއްބަސްވުމަކަށް އައިސްފައި ވެއެވެ. އޭގެ ޑޯޒްތައް ގަތް ކުންފުނީގެ ނަން މިއަދުގެ ވަގުތެއްގައި އާއްމު ކުރާނެ އެވެ. 

ސްޕަޓްނިކް-ވީ އަކީ ކޮވިޑް-19 އާ ދެކޮޅަށް ދުނިޔޭގައި ރަޖިސްޓާކޮށް، ބޭނުން ކުރަން ފެށި ފުރަތަމަ ވެކްސިނެވެ. އޭގެ ޓެސްޓުގެ ފޭސް ތިނެއް ފެށީ އޯގަސްޓް 26 ގައެވެ. 

ޖުމްލަ 40،000 އަށް ވުރެ ގިނަ މީހުންނަށް ވެކްސިން ދީފައި ވާއިރު، ވެކްސިން ޓެސްޓު ކުރުމުގެ ފަހު މަރުހަލާގެ ނަތީޖާ އަދި ނުލިބެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް