ads
އިސްމާއިލް ޒަކަރިއްޔާ--
އިސްމާއިލް ޒަކަރިއްޔާ އަވަހާރަވުމުން ރައީސްގެ ތައުޒިޔާ
ކޮވިޑަށް ފަރުވާ ދެނިކޮށް ރ. އަތޮޅުގެ ކުރީގެ މެމްބަރު އިސްމާއިލް ޒަކަރިއްޔާ އަވަހާރަވުމާއި ގުޅިގެން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެ އާއިލާއަށް ތައުޒިޔާ ވިދާޅުވެއްޖެ އެެވެ.

ރައީސް އޮފީހުން ބުނީ އިސްމާޢީލް ޒަކަރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ތައުޒިޔާގެ ސިޓީފުޅުގައި، އެ ހިތާމައިގައި ބައިވެރިވެވަޑައިގެން ފާތިމަތު އިބްރާހީމަށާއި، އިސްމާއިލް ޒަކަރިއްޔާގެ ބޭފުޅުންނަށާއި، އާއިލާގެ މެންބަރުންނަށް ތައުޒިޔާ ވިދާޅުވެފައިވެ އެވެ.

އެ ސިޓީފުޅުގައި، އިސްމާއިލް ޒަކަރިއްޔާއަކީ ރައްޔިތުންގެ މަޖިލީހުގެ ރ. އަތޮޅު މެންބަރުކަން ގިނަ ދުވަހު ކުރައްވާފައިވާ ބޭފުޅެއް ކަމާއި ސަރުކާރަށް ވެސް ދިގު މުއްދަތެއްގައި ހިދުމަތް ކޮށްދެއްވާފައިވާ ބޭފުޅެއްކަމާއި، ހާއްސަކޮށް، ޔޫތު މިނިސްޓްރީގެ ދަށުން ހިންގަމުންދިޔަ މޯލްޑިވްސް ސެންޓާ ފޮ ސޯޝަލް އެޑިޔުކޭޝަންގެ އެކި މަގާމުތަކުގައި ހުންނަވައިގެން ކޮށްދެއްވި ހިދުމަތްތައް ފާހަގަކުރައްވަ އެވެ. 

އިސްމާއިލް ޒަކަރިއްޔާ ފުރުއްވާފައިވާ ބައެއް މަގާމުތަކުގެ ތެރޭގައި، މޯލްޑިވްސް ސެންޓަ ފޮ ސޯޝަލް އެޑިޔުކޭޝަންގެ މެއިންޓެނަންސް ކޯޑިނޭޓަރުކަމުގެ މަގާމާއި، މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްގެ އެސިސްޓެންޓް ޑިރެކްޓާ ކަމުގެ މަގާމާއި، ޑިރެކްޓާ ކަމުގެ މަގާމު ހިމެނެ އެވެ.

އުމުރުން 79 އަހަރުގެ އިސްމާއިލް ޒަކަރިއްޔާ އަވަހާރަވެފައި ވަނީ ވެންޓިލޭޓަރުގެ އެހީގައި ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް