ads
ސުހާނާ---
ސުހާނާގެ ތްރޯބެކް ފޮޓޯއެއް: އެކުވެރިން މިސް ވަނީ
ޝާހްރުކް ހާންގެ ދަރިފުޅު ސުހާނާ ހާން މި ވަނީ އޭނާ އެކުވެރިންނާއެކު ނަގާފައިވާ ފޮޓޯއެއް އިންސްޓަގްރާމްގައި ހިއްސާކޮށްފަ އެވެ.

އެ ފޮޓޯއަކީ ޔޫކޭގެ އާޑިންގްލީ ކޮލެޖުގައި ސުހާނާ ކިޔަވަން ހުރި އިރު ނެގި ފޮޓޯ އެކެވެ. އެ ފޮޓޯގައި ފެންނަނީ ކޮޓަރީގައި އެކުވެރިންނާއެކު ސުހާނާ އިންނަ މަންޒަރެވެ.

އެ ފޮޓޯގެ ކެޕްޝަންގައި "މިސިންގް" ޖަހާފައި ވެއެވެ. ސުހާނާގެ އެކުވެރިން ވެސް ވަނީ އެ ފޮޓޯއަށް ކޮމެންޓުކޮށްފަ އެވެ. އެ ފޮޓޯއަށް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެއް ލައްކަ ލައިކްސް ލިބުނެވެ. 

ސުހާނާ މިހާރު ކިޔަވަމުން ދަނީ ނިއު ޔޯކް ޔުނިވާސިޓީގައި ފިލްމް ސްޓަޑީޒްގެ ކޯހެކެވެ. ކޮވިޑް-19 އައުމާ ގުޅިގެން މި ވަގުތު އޭނާ ހުރީ އާއިލާ އާއެކު މުމްބާއީގަ އެވެ. 

ސުހާނާ ވަނީ ގިނަ ސްކޫލް ޕްލޭތަކުގައި އެކްޓުކޮށްފަ އެވެ. އަދި އޭނާގެ އެކުވެރިއަކު ހެދި ކުރު ފިލްމު "ދަ ގްރޭ ޕާޓް އޮފް ބްލޫ" ގައި އެކްޓުކޮށްފައި ވެއެވެ. 

ޔޫޓިއުބުގައި އެ ފިލްމު ރިލީޒް ކުރުމާއެކު ސުހާނާގެ އެކްޓިން ހުނަރަށް ގިނަ ބަޔަކު ތައުރީފްކޮށްފައި ވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް