ކިމް ނެރުނު ބަޔާނެއްގައި ބުނީ ސޯޝަލް މީޑިއާގައޮ ދޮގު މައުލޫމާތު ފެތުރުމުން ސީރިއަސް އަސަރުތަކެއް ކުރާ ކަމަށެވެ. އެހެންކަމުން "ސްޓޮޕް ހޭޓް ފޯ ޕްރޮފިޓް" ކެމްޕޭނުގައި ކިމް ވަނީ ބައިވެރިވެފަ އެވެ.
ކިމް އާއި ކެމްޕޭނުގައި ބައިވެރިވި ސެލެބްރިޓީން ވަނީ ބުދަ ދުވަހުން ފެށިގެން 24 ގަޑިއިރަށް ސޯޝަލް މީޑިއާ އެކައުންޓުތައް ފްރީޒްކޮށްފަ އެވެ. އެ ކެމްޕޭނުގައި ބައިވެރިވި އެހެން ސެލެބްރިޓީންގެ ތެރޭގައި ލިއޮނާޑީ ޑިކެޕްރިއޯ، ސާޗާ ބެރޯން ކޯހެން، ޖެނިފާ ލޯރެންސް އަދި ކޭޓީ ޕެރީ ހިމެނެ އެވެ.
"ސްޓޮޕް ހޭޓް ފޯ ޕްރޮފިޓް" އިންތިޒާމް ކުރި މީހުން ތުހުމަތު ކުރާ ގޮތުގައި ދޮގު މައުލޫމާތާއި ރުޅިވެރިކަން ހިމެނޭ ޕޯސްޓުތައް ފެތުރުން ހުއްޓުވުމަށް ފޭސްބުކް އާއި އިންސްޓަގްރާމުން މަސައްކަތެއް ނުކުރެ އެވެ.