ads
މިދިޔަ އަހަރުގެ ތެރޭގައި ނައިބް ރައީސް އިމާދުއްދީން ސްކޫލަށް ވަޑަައިގެން ތަނުގެ ވެރިންނާއި ދަރިވަރުންނާއެކު--- ފޮޓޯ: ރައީސް އޮފީސް
ކަންބޮޑުވުންތަކާއި އެކު ޕްރިންސިޕަލުންގެ އުސޫލު މުރާޖައާ ކުރަނީ
އެއް ސްކޫލެއްގައި ޕްރިންސިޕަލަކަށް އެންމެ ގިނަވެގެން ހުރެވޭނީ ވިދިވިދިގެން އަށް އަހަރަށް ކަމަށް ބަޔާންކޮށް އެކުލަވާލި ޕްރިންސިޕަލުންގެ އުސޫލު މުރާޖައާ ކުރުމަށް ނިންމައިފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވަނީ "ސަރުކާރު ސްކޫލްތަކުގެ ޕްރިންސްޕަލުން ވަޒީފާއަދާ ކުރާ ސްކޫލް ކަނޑައެޅުމުގެ އުސޫލު" އާއި ގުޅިގެން އެކިފަހަރު މަތިން ޕްރިންސިޕަލުންގެ ކަންބޮޑުވުން އެ މިނިސްޓްރީއަށް ލިބިފައިވާ ކަމަށެވެ. 

އެހެން ކަމުން އެ ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް އެ އުސޫލު މުރާޖައާ ކުރުމަށް ނިންމާފައިވާކަމަށާއި، އަދި އެ މަސައްކަތާއި ގަވައިދު ހެދުމުގެ މަސައްކަތް ޕްރިންސިޕަލުންގެ ބައިވެރިވުމާއި އެކު ކުރިއަށް ގެންދިއުމަށް ނިންމާފައިވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން މައުލޫމާތު ދެއެވެ. 

ސިވިލްސާވިސް ކޮމިޝަނުން އެކުލަވާލާފައިވާ ޕްރިންސިޕަލުންގެ އުސޫލުގައި ވާގޮތުން ޕްރިންސިޕަލުން ވަޒީފާ އަދާކުރާނެ ސްކޫލު ކަނޑައަޅަނީ ވެސް ކޮމިޓީއަކުންކަން ފާހަގަކުރެ އެވެ. އަދި ޕްރިންސިޕަލުންނަށް ސްކޫލެއްގައި ހޭދަކުރެވޭނީ އެންމެ ގިނަވެގެން ވިދިވިދިގެން އަށް އަހަރުކަންވެސް ފާހަގަކޮށްފައިވެ އެވެ. 

މި އުސޫލާއި ގުޅިގެން ގިނަ ޕްރިންސިޕަލުން އަންނަނީ އެކަމުގެ ނުރުހުންފާޅުކުރަމުންނެވެ. އެހެން ނަމަވެސް އެޑިއުކޭޝަން މިނިސްޓްރީން މީގެ ކުރިން ބުނެފައިވަނީ މި އުސޫލުގެ ސަބަބުން އެއްވެސް ޕްރިންސިޕަލެއްގެ ހައްގަށް އުނިކަމެއް ނާންނާނެކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް