ads
ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް-- ފޮޓޯ: ޓޫރިޒަމް މިނިސްޓްރީ
ނޮވެމްބަރުގައި މާލޭގެ ގެސްޓުހައުސްތައް ހުޅުވޭނެ ކަމަށް އުއްމީދު ކުރަން: މިނިސްޓަރު މައުސޫމް
ކޮވިޑް-19 އާ ގުޅިގެން ބަންދުކޮށްފައިވާ މާލެ ސަރަހައްދުގެ ގެސްޓުހައުސްތައް އަލުން ހުޅުވޭނީ ވިދިވިދިގެން ދެ ހަފްތާ ވަންދެން ޕޮޒިޓިވް ކޭސްތައް ފަސް ޕަސަންޓަށް ދަށްކޮގެން ކަމަށް ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.

ރޭ ކުރެއްވި ޓްވީޓެއްގައި މައުސޫމް ވިދާޅުވީ ގްރޭޓާ މާލެ ސަރަހައްދުގެ ހޮޓާ، ގެސްޓުހައުސްތަކާއި ޓޫރިސްޓް ފެސިލިޓީތައް ނޮވެމްބަރު މަހު ހުޅުވޭނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ. 

"މާލެ ހުޅުމާލެ، ވިލިމާލެ، ގްރޭޓާ މާލެ އޭރިއާގެ ހޮޓާ، ގެސްޓުހައުސް އަދި ޓޫރިސްޓް ފެސިލިޓީތައް ނޮވެމްބަރު މަހު ކުރީކޮޅު ހުޅުވޭވަރު ވާނެ ކަމަށް އުއްމީދު ކުރަން. ބޭނުން ވަނީ ފައްސި ޕަސަންޓޭޖް ފަހަކަށް ނާރުވާ ވިދިވިދިގެން ދެ ހަފްތާ،" މައުސޫމްގެ ޓްވީޓުގައި ވެއެވެ. 

މީގެ ކުރިން ވެސް މިނިސްޓަރު ވިދާޅުވެފައި ވަނީ މާލެ ސަރަހައްދުގެ ގެސްޓުހައުސްތައް ހުޅުވޭނީ ޕޮޒިޓިވްވާ މިންވަރު ދަށްކުރެވުމުން ކަމަށެވެ. އަދި އެކަމަށް އާއްމުންގެ އެއްބާރުލުން ބޭނުންވާ ކަމަށް ވިދާޅުވި އެވެ. 

ޓޫރިޒަމް މިނިސްޓްރީން މަސައްކަތް ކުރަމުން އަންނަނީ އަތޮޅު ތެރޭގެ ގެސްޓުހައުސްތައް އޮކްޓޯބަރު 15 ގައި ހުޅުވުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން ގެސްޓުހައުސްތަކާއި ރަށު ކައުންސިލްތަކުން ފުރިހަމަ ކުރަން ޖެހޭ މިންގަނޑުތަކެއްގެ ގައިޑްލައިނެއް ވަނީ ނެރިފަ އެވެ.

ރަށްރަށުގައި ވެސް ގެސްޓުހައުސްތައް ހުޅުވޭނީ ކައުންސިލުން ހުއްދާ ދޭން ނިންމީ ޓޫރިޒަމް މިނިސްޓްރީއަށް އެންގުމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް