ads
ސިވިލް ކޯޓު ސަރަހައްދު--
ކުލި ނުދެއްކުމުން އަދުރޭގެ ގާތް މީހެއްގެ އަތުން 13.2 މިލިއަން ރުފިޔާ ހޯދަން ކޯޓަށް
ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަދި އިދިކޮޅު ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ގެ ގާތް މީހެއްގެ އަތުން 13.2 މިލިއަން ރުފިޔާ ހޯދަން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ސިވިލް ކޯޓަށް މައްސަލައެއް ވައްދައިފި އެވެ.

ސީއެންއެމަށް އެނގިފައިވާ ގޮތުގައި އެ މައްސަލައިގެ ދައުވާ ރައްދު ވަނީ ލ. ފޮނަދޫއަށް ނިސްބަތްވާ އިބްރާހިމް ނާއިފް އަށެވެ. އޭނާއަކީ އަދުރޭއާ ގާތް ގުޅުމެއް އޮންނަ މީހެއްކަން ވެސް އެނގިފައި ވެއެވެ. 

your imageއަދުރޭގެ ކެމްޕޭން ޕޯސްޓަރެއްގައި ނާއިފް (މ)--

އެމްޕީއެލުން ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލާގައި 13.2 މިލިއަން ރުފިޔާ ހޯދަން އެދިފައި ވަނީ މީރުބަހުރު ބަނދަރު ސަރަހައްދުން ދޫކޮށްފައިވާ ފިހާރައަކަށް ދައްކަން ޖެހޭ ކުއްޔާއި ޖޫރިމަނާއަށްވާ ފައިސާ ހޯދުމަށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި އިބްރާހިމް ނާއިފަށް ދޫކުރި "ޝޮޕް ނަންބަރު 5" ގެ ކުލި އޮގަސްޓް 2015 އިން ފެށިގެން ދައްކާފައެއް ނުވެ އެވެ. 

އެހެންކަމުން އެމްޕީއެލުން މައްސަލަ ހުށަހެޅީ އޭރުން ފެށިގެން މިދިޔަ ފެބްރުއަރީ މަހާ ހަމައަށް ނުދައްކާ ހުރި ކުއްޔާއި ޖޫރިމަނާގެ ފައިސާ ހޯދުމަށެވެ. ފެބްރުއަރީ މަހު ހުށަހެޅި މައްސަލައިގެ އަޑުއެހުމެއް އަދި ނުބާއްވަ އެވެ. 

އެތަނުގެ ކުލީގެ ގޮތުގައި 764،322 ރުފިޔާ އަދި ޖޫރިމަނާގެ ގޮތުގައި 12.4 މިލިއަން ރުފިޔާ އާއެކު ޖުމްލަ 13.2 މިލިއަން ރުފިޔާ ހޯދައިދިނުމަށް އެމްޕީއެލުން ސިވިލް ކޯޓަށް ވެއްދި މައްސަލާގައި އެދިފައި ވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް