އެމްޓީސީސީން ބުނީ ތިލަފުށީގައި ހުންނަ ބޯޓުޔާޑުގެ ހިދުމަތް އަލުން ފެށުމަށް ވާން ޖެހޭ ތައްޔާރީތައް ނިންމާ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައިވާ ކަމަށެވެ.
އެމްޓީސީސީ ބޯޓުޔާޑުގެ ހިދުމަތް މެދުކަނޑާލީ ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް މާލެ ސަރަހައްދު ފުރަބަންދަށް ދިޔުމުންނެވެ. އެކަމަކު އެތަން މި މަހުގެ 20 ގައި އަލުން ހުޅުވާނެ އެވެ.
އެމްޓީސީސީ ބޯޓުޔާޑުގައި އެއް ފަހަރާ އެކި ސައިޒުގެ 200 އުޅަނދު ޑޮކްކުރުމުގެ ޖާގަ އޮވެ އެވެ. އެއީ ރާއްޖޭގައި އެ ހިދުމަތް ފޯރުކޮށްދޭ އެންމެ ބޮޑު އެއް ބޯޓު ޔާޑެވެ.