ކޮވިޑް-19 އާ ގުޅިގެން ގިނަ ކަސްޓަމަރުން އެޕް މެދުވެރިކޮށް ޑައިރެކްޓް ބޭންކު ޓްރާންސްފާ އަދި ޗެކު ޕޭމަންޓް ހެދި ނަމަވެސް، އެކައުންޓް އަޕްޑޭޓް ނުވާ މައްސަލަ ދިމާވެ އެވެ.
އެމްޑަބްލިއުއެސްސީން ބުނީ އެގޮތަށް ދިމާވަނީ ކުންފުނިން އެދިފައިވާ ފޯމު ފުރިހަމަ ނުކުރާތީ ކަމަށެވެ.
އެހެންވެ، ޑައިރެކްޓް ބޭންކު ޓްރާންސްފާ ހަދާ ކަސްޓަމަރުން ބިލަށް ފައިސާ ދެއްކުމަށް ފަހު ޑައިރެކްޓް ބޭންކް ޓްރާންސްފާ ލިންކް ފޯމް ފުރިހަމަ ކުރަން ވަނީ އެދިފަ އެވެ.
އަދި ކުންފުނީގެ ހިދުމަތް ހޯދަމުން ދާއިރު، އިރުޝާދުތަކާ އެއް ގޮތަށް އަމަލު ކުރުމަށް ވެސް އެމްޑަބްލިއުއެސްސީން އެދިފައި ވެއެވެ.