ads
ސްވިޓްޒަލެންޑުން ރާއްޖެއަށް އަލުން ދަތުރުތައް ފަށަނީ
ސްވިޓްޒަލެންޑުން ރާއްޖެއަށް މިމަހުގެ 26 ވަނަ ދުވަހު ސީދާ ދަތުރުތައް ފަށަން ތައްޔާރުވެއްޖެ އެވެ.

އެ އެއާލައިން އިން ރާއްޖެއަށް ކުރަމުން އައި ދަތުރުތައް ކޮވިޑް-19 ގެ ސަބަބުން މެދުކަނޑާލަން ޖެހުނުއިރު އެޑެލްވައިސް އިން ނެރުނު ބަޔާނެއްގައި ބުނީ ސްވިޓްޒަލެންޑުގެ ޒިއުރިކާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާ ދެމެދު ހަފުތާއަކު ދެ ދަތުރު، އަލުން ފަށާއިރު ބާއްވާނެ ކަމަށެވެ. 

ސްވިޓްޒަލެންޑުގެ އެޑެލްވައިސް އެއާލައިނުން މިމަހުގެ 26 ގައި ރާއްޖެއަށް އަލުން ދަތުރުތައް ފަށާއިރު

ރާއްޖޭގެ ގުދުރަތީ ރީތިކަމަށް ތައުރީފް ކުރައްވާ އެ އާލައިންގެ ޗީފް ކޮމާޝަލް އޮފިސަރު ޕެޓްރިކް ހޭމަން ވިދާޅުވީ މިފަދަ ބަލިމަޑުކަމެއް ފެތުރެމުންދާ ދަނޑިވަޅެއްގައި ރާއްޖެއަކީ ޗުއްޓީ ހޭދަކުރަން އެންމެ ރަނގަޅު މަންޒިލް ކަމަށެވެ. އެގޮތުން މީހުންނާއި ވަކިން ރާއްޖޭގައި ޗުއްޓީ ހޭދަކުރެވޭނެކަން ފާހަގަކުރެއްވި އެވެ.

މިދަނޑިވަޅުގައި ވެސް ސްވިޓްޒަލެންޑާއި ރާއްޖެއާ ދެމެދު ސީދާ ދަތުރުތައް ފަށާއިރު އެގައުމަކީ ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރާތްކުރާ ގައުމުތަކުގެ ލިސްޓުގައި ހިމެނޭ ގައުމެކެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް