ads
އާދަމް ޝަރީފް އުމަރު- އިތުުރު ކާފް ޕްރޮގްރާމުގައި ވާހަކަ ދައްކަވަނީ
ނަޝީދު އުޅުއްވަނީ ބޭރުގެ ނުފޫޒު ބޭނުން ކޮށްގެން ވެރިކަމުގެ ނިޒާމް ބަދަލު ކުރަން: އާދަމް ޝަރީފް
މަޖިލީހުގެ ސުޕަ މެޖޯރިޓީއާއި ބޭރުގެ ނުފޫޒު ބޭނުން ކޮށްގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރާއްޖޭގެ ވެރިކަމުގެ ނިޒާމު ހީލަތްތެރި ރޭވުމަކުން ބަދަލު ކުރައްވާނެ ކަމުގެ ތުހުމަތު ޕީއެންސީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ކުރައްވައިފިއެވެ.

ކުރީގެ ޑިފެންސް މިނިސްޓަރުކަންވެސް ކުރައްވާފައިވާ އާދަމް ޝަރީފް މިހެން ވިދާޅުވީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ދެން އައުމަށް ބޭނުންނުވާކަމަށް ރައީސް ނަޝީދު ވިދާޅުވުމާއި ގުޅިގެންނެވެ.

އެމްޑީޕީގެ "ޚަބަރުސިޓީ"ގެ ހަވަނަ އަދަދަށް ލިޔުއްވާފައިވާ ލިޔުމުގައި ރައީސް ނަޝީދު ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރަށް ފުރިހަމައަށް ތާއީދު ކުރައްވާ ކަމަށެވެ.  އަދި ރައީސް ސޯލިހްގެ ސަރުކާރަށް ކުޑަވެސް ހީނަރުކަމެއް އައުމަށް ނޭދޭކަމަށް ނަޝީދު ވިދާޅުވިއެވެ.  

މީގެ އިތުރުން ރައީސް ސޯލިހްގެ ވަޒީރަކާ ގުޅޭގޮތުން ނުރުހުން ފާޅުކުރުމަކީ ފަސޭހަކަމެއް ނޫންކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި ދިވެހިރާއްޖޭގެ ރައީސްކަން ދެން ބޭނުން ނުވާކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ނަޝީދުގެ މިވާހަކަތަކާއި ގުޅިގެން އާދަމް ޝަރީފް ވިދާޅުވީ ދިވެހިރާއްޖޭގެ ރައީސްކަން ދެން ބޭނުން ނުވާކަމަށް ނަޝީދު ވިދާޅުވީ 2023 ގައި އޮންނަ ރިޔާސީ އިންތިހާބު ކާމިޔާބު ނުވާނެކަން އެނގޭތީ ކަމަށެވެ. އަދި ރިޔާސީ އިންތިހާބު ނުބާއްވާ މިދހައުރުގެ ފަހުކޮޅު މަޖިލިސް ގެ ސުޕަ މެޖޯރިޓީ އާއި ބޭރުގެ ނުފޫޒު ފޯރުކޮށްގެން ރާއްޖޭގެ ވެރިކަމުގެ ނިޒާމު ހީލަތްތެރި ރޭވުމަކުން ބަރުލަމާނީއަކަށް ވެރިކަން ފުރޮޅާލާނެ ކަމަށް އާދަމް ޝަރީފް ވަނީ ވިދާޅުވެފައެވެ. 

މުޅިން ގާނޫނު އަސާސީ އާއި ހިލާފަށް ކަންކަން ކޮށްފާނެ ކަމަށްވެސް އާދަމް ޝަރީފް ވަނީ ވިދާޅުވެފައެވެ.

އެމްޑީޕީގެ "ޚަބަރުސިޓީ"ގެ ހަވަނަ އަދަދަށް ރައީސް ނަޝީދު ލިޔުއްވާފައިވާ ލިޔުމުގައިވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލާއި ގުޅޭގޮތުން އެމަނިކުފާނު މިހާރު ކުރައްވަމުން އަންނަ މަސައްކަތާއި ގުޅޭގޮތުން ލިޔުއްވާފައެވެ. 

އެގޮތުން ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީ އަބަދުވެސް ވަކާލާތު ކުރަމުން އަންނަނީ ޖަލުގެ އަނިޔާ އަދި ކޮރަޕްޝަން ހުއްޓުވުމަށްކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ ކޮރަޕްޝަން މަދުކުރުމަށްޓައި 2008 ވަނަ އަހަރު ޤާނޫނުއަސާސީއަށް ވަރަށްގިނަ ސިފަތައް ގެނެވުނު ކަމަށެވެ. އެހެން ނަމަވެސް ކޮރަޕްޝަން ދިވެހިން އެދޭ މިންވަރަށް މަދުކުރެވިފައި އޮތް ކަމަށް ދެކެން ދަތިކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވެ އެވެ. އަދި ކޮރަޕްޝަނާއި ދެކޮޅަށް އެމްޑީޕީން ކުރަމުން އަންނަ މަސައްކަތަށް އިތުރު ބާރުވެރިކަން ހޯދަންޖެހޭކަމަށެވެ.  

ބޮޑުވަޒީރަކަށް ވާން އެދޭނަމަ އެވާހަކަ ބުނާނެ ކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވަނީ މިދިޔަ ދައުރުގައި ގާނޫނު އަސާސީއަށް އިސްލާހު ހުށަހަޅުއްވާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް