ads
މަދޫރީ އާއިލާ އާއެކު--
ލޮކްޑައުންގައި މަދޫރީގެ އާ ތަޖުރިބާތައް: ލަވަކިޔުމާއި އާއިލާއާއެކު ގަސް އިންދުން
ކޮވިޑް-19 އާ ގުޅިގެން ކުރިމަތިވެފައިވާ ލޮކްޑައުންގައި މަދޫރީ ޑިކްސިޓް އަންނަނީ ގަސް އިންދުމުގެ މަސައްކަތް ކުރަމުންނެވެ.

އޭނާގެ ބަގީޗާގައި ގަސްތައް އިންދަން އުޅޭ މަންޒަރު ފެންނަ ފޮޓޯ ދޭތެރެ ދޭތެރެއިން ސޯޝަލް މީޑިއާއަށް ހިއްސާ ކުރެ އެވެ. 

އެ މަސައްކަތުގައި މަދޫރީގެ ފިރިމީހާ، ސްރީރާމް ނެނޭ އަދި ދެ ފިރިހެން ދަރިން ވެސް ބައިވެރިވެ އެވެ. މަދޫރީ މި ވަނީ އާއިލާ އާއެކު އެ މަސައްކަތުގައި އުޅޭ އާ ވީޑިއޯއެއް އާއްމުކޮށްފަ އެވެ. 

އެ ވީޑިއޯ އާއެކު މަދޫރީ ބުނެފައި ވަނީ އާ އަދި ޝައުގުވެރި ކަންކަން ކުރުން ދުވަހަކު ވެސް ހުއްޓާލައިގެން ނުވާނެ ކަމަށެވެ. 

މަދޫރީ އެންމެ ފަހުން ފެނިފައި ވަނީ 2019 ގައި ނެރުނު ފިލްމު "ކަލަންކް" އިންނެވެ. އެ ފިލްމުގައި ސަންޖޭ ދަތު، ވަރުން ދަވަން، އާލިއާ ބަޓް، ސޮނާކްޝީ ސިންހާ އަދި އަދީތްޔާ ރޯއި ކަޕޫރު ވެސް އުޅުނެވެ. 

އޭގެ އިތުރުން ލޮކްޑައުންގެ ތެރޭގައި މަދޫރީ ވަނީ އޭނާގެ ފުރަތަމަ ލަވަ ވެސް އާއްމުކޮށްފަ އެވެ. އިނގިރޭސި ބަހުން ކިޔާފައިވާ އެ ލަވައިގެ ނަމަކީ "ކޭންޑްލް" އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް