ads
ރަކުލް
ޑްރަގުގެ މައްސަލައިގައި ހިމެނޭކަމަށް ތުހުމަތުކުރާތީ މީޑިއާތައް ހުއްޓުވަން ރަކުލް ކޯޓަށް
ސުޝާންތުގެ މަރާއެކު ފެންމަތިވެގެން އުޅޭ ޑްރަގުގެ މައްސަލައާ ގުޅިގެން އޭނާގެ ލޯބިވެރިޔާ ރިއާ ޗަކްރަބޯޓްރީ ހައްޔަރުގައި ހުރިއިރު ތަހުގީގީ މަރުހަލާގެ ތެރެއިން ޑްރަގު ބޭނުންކުރާ ބޮލީވުޑުގެ 15 މީހުންގެ ލިސްޓެއް ރިއާ ދީފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.
Advertisement

އިންޑިއާގެ ނޫސްތަކުން ރިޕޯޓް ކުރާ ގޮތުގައި އެ ލިސްޓުގައި ރަކުލް ޕްރީތު ސިންގް އާއި ސާރާ އަލީ ހާން ހިމެނެ އެވެ. ގިނަ ބަޔަކު އެ ދެ ތަރިންނަަށް ފާޑުކިޔުން އަމާޒުކުރަމުންދަނިކޮށް ރަކުލް މިވަނީ މީޑިއާތަކުން ޑްރަގުގެ މައްސަލައިގައި ދޮގު “ޝަރީއަތް” ހިންގާ ކަމުގެ ތުހުމަތުކޮށް އިންޑިއާގެ ހައިކޯޓަށް މައްްސަލަ ހުށަހަޅާފަ އެވެ. 

މީޑީއާތަކުން ފަތުރަމުންދާ އެ ދޮގު ހަބަރު ހުއްޓުވައިދިނުމަށް އެދި ދިއްލީގެ ހައިކޯޓަށް އޭނާ މައްސަލަ ހުށަހެޅުމާއެކު ބުރާސްފަތި ދުވަހު ހައިކޯޓުން ވަނީ ނިއުސް ބްރޯޑްކާސްޓާސް އެސޯސިއޭޝަން (އެންބީއޭ) އާއި ޕްރެސް ކައުންސިލް އޮފް އިންޑިއާއަށް އެކަމުގައި ޖަވާބުދާރީވުމަށް އަންގާފަ އެވެ.

ރަކުލް މައްސަލަ ހުށަހެޅީ މީޑިއާތަކުން ރިޕޯޓްކުރަމުންދަނީ އިންޑިއާގެ އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިން މިނިސްޓްރީގެ ގައިޑްލައިންތަކާއި ވެސް ހިލާފަށް ކަމަށް ބުނެ އެވެ.

ރަކުލްއާ ގުޅިގެން ޑްރަގުގެ މައްސަލައިގައި ހިމެނޭ ގޮތަށް ރިޕޯޓްކުރާތީ މީޑިއާތައް ހުއްޓުވަން ހައިކޯޓަަށް މައްސަލަ ހުށަހެޅިއިރު އެކަމުގައި ހިމެނޭ ކަމަށް ބުނާ ސާރާ އެ މައްސަލައިގައި ވަކި އެެއްޗެއް ނުބުނެ އެވެ.

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް