ads
ކަންގަނާ ރަނައުތު--
ކޯޅުންގަނޑު ފަށަނީ އަހަންނެއް ނޫން، އެކަމަކު ނިންމަން ޖެހެނީ އަހަންނަށް: ކަންގަނާ
ބޮލީވުޑުގެ ބަތަލާ ކަންގަނާ ރަނައުތާ ދެކޮޅަށް ފިލްމީ ތަރިން ނިކުތީ މިފަހުން ސުޝާންތު ސިންގް ރާޖުޕުތުގެ މަރާއި ގުޅިގެން ކަންގަނާ ދެއްކި ވާހަކައަކުންނެވެ. ބޮލީވުޑަށް ފާޑުކިޔާއި ކަންގަނާ ބުނީ ސުޝާންތު އަމިއްލައަށް މަރުވާން ޖެހުނީ އެ ދާއިރާގައި އޭނާއަށް ކުރިމަތިވި ނާއިންސާފުގެ ބޮޑުކަމުން ކަމަށެވެ. ނެޕޮޓިޒަމްގެ ޒުވާބު ވެސް ހޫނުވީ އެކަމުގައި ކަންގަނާ ދެއްކި ވާހަކައަކުންނެވެ.

ކޮންމެެއަކަސް ކަންގަނާއަށް ސޯޝަލް މީޑިއާގައި ބަހުގެ ހަމަލާތައް ތަރިން ވެސް ފާޅުގައި އަމާޒުކުރި އެވެ. އަދިވެސް އެތައް ތަރިންނެއް އަންނަނީ ފާޑުކިޔަމުންނެވެ. 

ތަރިން ދައްކާ ވާހަކަތަކަށް ފާޅުގައި ކަންގަނާ ފާޑުކިޔާތީ ވަކިން ހާއްސަކޮށް މިދުވަސްވަރު އޭނާއާ ގުޅިގެން ތަފާތު ވާހަކަ ދަނީ ދައްކަމުންނެވެ. އަދި މިފަހުން ބޮލީވުޑުގެ ތަރިން ޑްރަގު ބޭނުންކުރާ ކަމަށް ބުނެ ލިސްޓެއް ވެސް ކަންގަނާ ކިޔެވެ. އަދި އެ ވާހަކަ ދޮގުކުރަން ބޭނުންނަމަ އެމީހުން ޓެސްޓްކޮށް އެއީ ދޮގެއްކަން ސާބިތުކުރުމަށް ކަންގަނާ ޗެލެންޖް ކުރި އެވެ.

އަމިއްލަ ފައިދާއަށްޓަކައި ބޮލީވުޑަށް ހަޑި ނަން ގެންނަން ކަންގަނާ މަސައްކަތް ކުރާކަމުގެ ތުހުމަތުތައް ތަރިން ކުރަމުންދާ މިދަނޑިވަޅުގައި ކަންގަނާ މިވަނީ އަސަރުގަދަ ޓްވީޓެއް ވެސް ކޮށްފަ އެވެ. 

އެގޮތުން، އެއްވެސް ކޯޅުމެއް ފަށައި ނުގަންނަކަމުގެ ރިކޯޑު އޭނާގެ އަތުގައި އޮންނާނެ ކަމަށާއި އެކަމާއި ދެކޮޅަށް ސާބިތުކުރެވޭނަމަ ޓްވީޓާ ބޭނުންކުރުން ވެސް ހުއްޓާލާނެ ކަމަށް ކަންގަނާ ބުންޏެވެ.

އަދި ކޯޅުންގަނޑެއް ފަށައި ނުގަތަސް ހުރިހާ ކޯޅުމެއް ނިންމަން ޖެހެނީ އޭނާއަށް ކަމަށް ބުންޏެވެ. 

ކަންގަނާ އެގޮތަށް ބުނިއިރު އޭނާއާ ދެކޮޅަށް ނިކުތް ތަރިންގެ ތެރޭގައި ތާޕްސީ ޕަންނޫ އާއި ސްވަރާ ފަދަ ތަރިން ހިމެނެ އެވެ. އެކަމަކު ފާޑުކިޔަސް އޭނާގެ ކެރުންތެރިކަމަށް ސަޕޯޓަރުންނާއި ބައެއް ތަރިން ތައުރީފްކޮށްފައިވެ އެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް