ޔޫއެންއޯޑީސީގެ ފަރާތުން ކަސްޓަމްސްއަށް ހަދިޔާ ކުރިތަކެތީގެ ތެރޭގައި ހިމެނެނީ އުޅަނދުފަހަރު ބަލައިފާސްކުރުމުގައި ބޭނުންކުރާނެ ޒަމާނީ އާލާތްތަކާއި، ރައްކާތެރިކަމުގެ ގޮތުން ބޭނުންކުރާނެ ސާމާނާއި، އަދި އެ މަސައްކަތުގައި ހިފާގެންގުޅޭ އާލާތްތައް ކަމަށް ކަސްޓަމްސްއިން ބުނެއެވެ.
ބައްދަލުވުމުގެ ތެރެއިން
އެތަކެއްޗަކީ ގާނޫނާއި ގަވާއިދާއި ހިލާފަށް ރާއްޖެއަށް އެތެރެކުރާ ތަކެތި އެތެރެވުން ހުއްޓުވުމަށް ކުރާ މަސައްކަތްތަކަށް އެހީތެރިވުމުގެ ގޮތުން ޔޫއެންއޯޑީސީގެ ފަރާތުން ޖަޕާން ސަރުކާރުން ފަންޑުކޮށް ކަސްޓަމްސްއަށް ހަދިޔާކޮށްފައިވާ ތަކެތިކަމަށް ކަސްޓަމްސް އިން ބުނެ އެވެ.
އެތަކެތި ހަދިޔާކުރުމަށް ކަސްޓްމަސްގައި ބޭއްވި ރަސްމިއްޔާތެއްގައި ކަސްޓަމްސްގެ ފަރާތުން އެ އެހީއާއި ހަވާލުވެވަޑައިގަތީ ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް ޢަބްދުﷲ ޝަރީފެވެ.