ސައުދީ އަރަބިއްޔާގެ މައްކާގެ އެ ސަރަހައްދުގައި އަލިފާން ހިފާފައިވަނީ ފަރުބަދަ މަތީ ޖަންގަލީގައި ހިކިފައިވާ ގިނައަދަދެއްގެ ގަސްތަކެއްގައި ރޯވެގެންނެވެ.
ބުދަ ދުވަހު ހިނގި އެ ހާދިސާގައި ރޯވި އަލިފާންގަނޑު ނިއްވާލެވޭތޯ ސިފައިން މަސައްކަތްކުރަމުންދާއިރު އަދިވެސް އެ ސަރަހައްދުގައި ރޯވެފައިވާ އަލިފާންގަނޑު އެއްކޮށް ނިވާލެވިފައެއް ނުވެއެވެ. އެހެންނަމަވެސް އެހެން ސަރަހައްދުތަކަށް އަލިފާންގަނޑު ފެތުރުން މިހާރުވަނީ ކޮންޓްރޯލް ކުރެވިފައި ކަމަށް ހަބަރުތައް ބުނެއެވެ.
ސިވިލް ޑިފެންސް އިން ބުނީ އަލިފާނުގެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައިނުވާކަމަަށާއި އެ ސަރަހައްދުގައި ދިރިއުޅެމުންދާ މީހުން އެހެން ސަރަހައްދަކަށް ބަދަލުކުރުމުގެ މަަސައްކަތް ކުރަމުންދާ ކަމަށެވެ.