ads
މާލޭގައި ރެންޑަމް ސާމްޕަލް ނަގަނީ-- ފޮޓޯ: ސީއެންއެމް
އިތުރު 74 މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ
ރާއްޖެއިން އިތުރު 74 މީހަކު މިއަދު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިއަދު ޕޮޒިޓިވްވި 74 މީހުންގެ ތެރޭގައި ހިމެނެނީ 37 ދިވެހިންނާއި 37 ބިދޭސީން ކަމަށެވެ. އޭގެ ތެރެއިން 70 މީހަކު މާލެއިން ޕޮޒިޓިވްވިއިރު އަތޮޅު ތެރެއިން ޕޮޒިޓިވްވީ ހަތަރު މީހެކެވެ.

އެއާއެކު ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު މިވަނީ 9568 އަށް އަރާފަ އެވެ. އަދި މިހާރު އެކްޓިވް ކޭސްތަކުގެ އަދަދު އުޅެނީ 1452 ގަ އެވެ. 

އަދި މިއަދު އިތުރު 44 މީހަކު ކޮވިޑުން ރަނގަޅުވެ، ރާއްޖެއިން ރަނގަޅުވި ޖުމްލަ އަދަދު ވަނީ 8077 އަށް އަރާފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް