ads
ކިނބުލެއް ލައްވާ ހަޅޭއް ލެއްވި ސައިންސްވެރިންތަކަކަށް އެވޯޑެއް ލިބިއްޖެ
ހީލިއަމް އަޅާފައި ހުރި ފޮއްޓެއްގެ ތެރެއަށް ކިނބުލެއް ލުމަށް ފަހު، އެ ކިނބޫ ލައްވާ ހަޅޭ ލެއްވި ސައިންސުވެރިންތަކަކަށް އައިޖީ ނޯބަލް ޕްރައިޒް ލިބިއްޖެ އެވެ.

އައިޖީ ނޯބަލް އިނާމަކީ 1991 ވަނަ އަހަރުން ފެށިގެން ސައިންސުގެ ދާއިރާއިން ތަފާތު ކުރިއެރުންތައް ހޯދާ ފަރާތްތަކުގެ ކާމިޔާބު ފާހަގަކޮށްދޭ އިނާމެކެވެ. 

ބައިނަލްއަގްވާމީ ރިޕޯޓުތައް ބުނާ ގޮތުގައި އޮސްޓްރިއާގެ އިތުރުން ޖަޕާނަަށް ނިސްބަތްވާ ސައިންސުވެރިންގެ ގްރޫޕަކުން ވަނީ ކިނބުލުގެ ކުޑަ ބޮޑު މިނުގެ ސަބަބުން އެ މުއާމަލާތް ކުރުމުގައި އެއްވެސް ތަފާތެއް ހުރޭތޯ ބެލުމަށް ދިރާސާއެއް ހަދާފަ އެވެ. 

އެކަމަކު އެ ދިރާސާ ކުރުމަށް އެމީހުން ގެންގުޅުނު އުކުޅު އެވޯޑު ކޮމިޓީގެ ލޮލުގައި ވަރަށް ބޮޑަށް އަޅައިގަނެ، އެ އެވޯޑު ވެސް ލިބުނީ އެވެ.

އޭގެ އިތުރުން ވެސް ބުރާސްފަތި ދުވަހު އޮންލައިންކޮށް ބޭއްވި ރަސްމިއްޔާތުގައި ސައިންސްގެ ރޮނގުން ތަފާތު އެކި ދިރާސާތައް ކުރި ސައިންސުވެރިންނަށް އެވޯޑުތައް ލިބުނެވެ.  މިފަހަރު އޮންލައިންކޮށް އެ ރަސްމިއްޔާތު ކުރިއަށް ގެންދަން ޖެހުނީ ދުނިޔޭގައި ކޮވިޑްގެ ބަލިމަޑުކަން ފެތުރެމުންދާތީ އެވެ. މީގެ ކުރީ އަހަރުތަކުގައި ވަރަށް ކުލަ ގަދަކޮށް ރަސްމިއްޔާތު ބާއްވާފައިވެ އެވެ. 

އެ އެވޯޑުދޭ ފަރާތުން އެމީހުންގެ ވެބްސައިޓުގައި ޖަހާފައިވާ ގޮތުން އެ އެވޯޑު ދެނީ މީހުން ހެއްވާލާފަދަ އަދި އެ ކުރާ ކަމަށް ވިސްނާލަން ޖެހޭ ފަދަ މޮޅެތި ކަންކަން ކުރާ ފަރާތްތަކަށެވެ. 

ހާވާޑް ޔުނިވާސިޓީގައި މީގެ ކުރިން ރަސްމިއްޔާތު ބާއްވަމުން އައިއިރު ބުރާސްފަތި ދުވަހު ބޭއްވި ރަސްމިއްޔާތާއެކު މިވަނީ 30 އެވޯޑު ހަފުލާއެއް ބާއްވާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް