ސުޝާންތާއި ކްރިތީ ކުރިން ވަނީ އެމީހުންގެ އެފަދަ ގުޅުމެއް އޮތްކަން ކަށަވަރުކޮށްދޭން ދެކޮޅު ހަދާފަ އެވެ. އެކަމަކު ސުޝާންތުއާއެކު މަސައްކަތް ކުރި ލިޒާ ބުނީ އެމީހުން އުޅުނީ ރައްޓެހިވެގެން ކަމަށެވެ.
އެގޮތުން ކްރިތީގެ އުފަންދުވަހުގެ ޕާޓީއަށް ވެސް ސުޝާންތު ދިޔަ ކަމަށާއި، އެ މީހުން އެތަނުގައި ވެސް އުޅުނީ ވަރަށް ލޯބިން ކަމަށް ލިޒާ ވަނީ ބުނެފަ އެވެ.
ސުޝާންތާއި ކްރިތީ އެކުގައި ވަނީ 2017 ވަނަ އަޖަރު ނެރުނު ފިލްމު "ރާބްތާ" އިން ފެނިގެން ގޮސްފަ އެވެ. ސުޝާންތު މަރުވެފައި ވަނީ މި އަހަރުގ ޖޫން 14 ގައެވެ.
އެ މައްސަލައިގެ ތަހުގީގު ކުރިއަށް ދާއިރު، ތަހުގީގުގެ ތެރެއިން ފެންމަތިވި މަސްތުވާތަކެތީގެ މައްސަލަތައް ވެސް މިހާރު ދަނީ ބަލަމުންނެވެ.