ads
ކްރިސީ އަދި ލެޖެންޑް--
ކްރިސީގެ ދަރިފުޅުގެ "ޖެންޑާ" އޮޅިގެން ހާމަކުރެވިއްޖެ
މަޝްހޫރު މޮޑެލް ކްރިސީ ޓެއިގެން އާއި ފިރިމީހާ އަދި ލަވަކިޔުންތެރިޔާ ޖޯން ލެޖެންޑް މި ވަގުތު ތިބީ ތިންވަނަ ދަރިފުޅު އަންނާނެ ދުވަހެއްގެ އިންތިޒާރުގަ އެވެ.

އިންސްޓަގްރާމް ސްޓޯރީޒް މެދުވެރިކޮށް ފޭނުންނާ ކަންކަން ހިއްސާ ކުރަމުން ދަނިކޮށް، ކްރިސީއަށް މި ވަނީ އޮޅިގެން ދަރިފުޅުގެ ޖެންޑާ ނުވަތަ ޖިންސް ހާމަކުރެވިފަ އެވެ. 

ކްރިސީއަށް މާބަނޑުއިރު ދިމާވަމުންދާ އެކި ސިއްހީ މައްސަލަތަކުގެ ވާހަކަ ފޭނުންނާ ހިއްސާ ކުރި ސްޓޯރީގައި އޭނާ ބުނެފައި ވަނީ ދަރިފުޅު ސިއްހީ ގޮތުން ރަނގަޅު ކަމަށާއި "ހީ އިޒް ބިގް" ކަމަށެވެ.

އެހެން ބުނެވުމާއެކު ކްރިސީ ވަނީ އޮޅިގެން ދަރިފުޅުގެ ޖިންސު ހާމަކުރެވުމުން އެކަމާ ވަރަށް މަޖާކޮށް ހީ ހަދާފަ އެވެ. ކްރިސީ އާއި ލެޖެންޑްގެ މިހާރު ވެސް ދެ ކުދިން ތިބެ އެވެ. 

އެއީ ހަތަރު އަހަރާއި ދެ އަހަރުގެ އަންހެން ކުއްޖަކާއި ފިރިހެން ކުއްޖެކެވެ. ތިންވަނަ ދަރިއަކު ލިބެން އުޅޭކަން އެމީހުން ހާމަކުރީ އޯގަސްޓް މަހު ނެރުނު ލެޖެންޑުގެ މިއުޒިކް ލަވަ "ވައިލްޑް" ގެ ވީޑިއޯ ތެރެއިންނެވެ.

އެ ލަވަ ނިމޭ މަންޒަރުގައި ކްރިސީ ހުންނަނީ ބޭބީ ބަމްޕްގައި ހިފަހައްޓާލައިގެންނެވެ. އެ ދެމަފިރިން ކުރިން ދެ ކުދިން ވެސް ހޯދާފައި ވަނީ އައިވީއެފް މެދުވެރިކޮށެވެ. 

ތިންވަނަ ދަރިފުޅު ހޯދަން އެއްވެސް ފަރުވާއެއް ކުރަން ނުޖެހުނުއިރު، މިއީ ނޭނގި ތިއްބާ ލިބުނު އުފަލެއް ކަމަށް އެ ދެމީހުން ވަނީ ބުނެފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް