ads
ގްރީން ގޮޑެސް ސްމޫތީ--
ހެނދުނުގެ ފިޓްނަސް ރޫޓީން އަށް ގްރީން ގޮޑެސް ސްމޫތީ ވަރެއް ނެތް
ހެޔޮ ސިއްހަތެއްގައި ހުރުމަށް ކަސްރަތު ކުރުމާ އެއް ވަރަށް ކެއުމުގެ ރަނގަޅު އާދަތައް ދަމަހައްޓަން ޖެހެ އެވެ. އެކަމަކު ގިނަ ބަޔަކަށް އެންމެ އުނދަގޫ ކަމަކީ ރަނގަޅު ތަރުކާރީ އާއި މޭވާ ކެއުމެވެ.

މާ ބޮޑު ބުރައެއް އުފުލަމަކާ ނުލާ، ތަރުކާރީ އާއި މޭވާ ހިމެނޭ ސިއްހަތަށް ރަނގަޅު ބުއިމެއްގެ ގޮތުގައި އެކި ބާވަތްތަކުގެ ސްމޫތީ ވަނީ ފާހަގަވެފަ އެވެ.

އާއްމުކޮށް ގަވާއިދުން ކަސްރަތު ކުރާ މީހުން ވެސް، ހެނދުނުގެ ނާސްތާއަށް ސްމޫތީ ބޮއެ ހަދަ އެވެ. އަދި ހަށިގަނޑަށް ހަކަތަ ހޯދުމަށް، އެނާޖީ ޑްރިންކް ފަދަ ބުއިންތަކުގެ ބަދަލުގައި ސްމޫތީ ބޮއެވެ. 

ގްރީ ގޮޑެސް ސްމޫތީއަކީ މީގެ ތަފާތު ބުއިންތަކުގެ ތެރެއިން ވެސް ފާހަގަކުރެވޭ ބާވަތެކެވެ. މިއަށް ގްރީން ގޮޑެސް ކިޔަނީ ހަށިގަނޑަށް އެންމެ ފައިދާވާ ފަތުގެ ބާވަތް ހިމެނޭތީ އެވެ. 

ގްރީން ގޮޑެސް ސްމޫތީ ތައްޔާރު ކުރުމަށް 1/2 ޖޯޑު ހަކުރު ނެތް އާމަންޑު ކިރުގެ ތެރެއަށް 1/2 ޖޯޑު ހަނީ ޔޯގަޓް އަޅާށެވެ. އޭގެ ތެރެއަށް ތިން ޖޯޑު ބޭބީ ސްޕިނެޗް ފަތް އަދި ދެ ދޮންކެޔޮ ކުދިކޮށް ކޮށާފައި ބްލެންޑަރަށް އަޅާ މިކްސްކޮށްލާށެވެ. ފިނިކޮށް ބޯން ބޭނުންނަމަ މިކްސް ކުރުމުގެ ކުރިން އައިސްކިއުބް އަޅާށެވެ.

މިއީ ހެނދުނުގެ ފިޓްނަސް ރޫޓީން ގެންގުޅޭ މީހުންނަށް "ޕަވާ އަޕް" ސްމޫތީ އެކެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް