ads
ޓޫރިޒަމް މިނިސްޓްރީއާއި ހެރިޓޭޖް މިނިސްޓްރީން ވާޗުއަލްކޮށް އިއްޔެ ބޭއްވި ބައްދަލުވުން--ފުޓޯ: ޓްވިޓާ
ސަގާފީ ފަތުރުވެރިކަން ފުޅާކުރުމާއި ގުޅޭގޮތުން މަޝްވަރާކޮށްފި
އާ އާންމު ހާލަތުގައި ފަތުރުވެރިކަން އަލުން ހުޅުވިގެން ގޮސްފައިވާއިރު ސަގާފީ ފަތުރުވެރިކަން ފުޅާކުރުމާއި، ފަންނާނުންނަށް ހުރި ގޮންޖެހުންތައް ހައްލުކުރުމާއި ގުޅޭގޮތުން މަޝްވަރާ ކޮށްފި އެވެ.
Advertisement

ޓޫރިޒަމް މިނިސްޓްރީ އާއި ހެރިޓޭޖް މިނިސްޓްރީން ވާޗުއަލްކޮށް އިއްޔެ ބޭއްވި ބައްދަލުވުމުގައި އާ އާންމު ހާލަތުގައި ފަތުރުވެރިކަން އަލުން ހުޅުވިގެންދާއިރު، ސަގާފީ ފަތުރުވެރިކަން ފުޅާކުރުމާއި ގުޅެގޮތުންނާއި ފަންނާނުންނަށް ހުރި ގޮންޖެހުންތައް ހައްލުކުރުމާއި ގުޅެގޮތުން ވެސް މަޝްވަރާކުރައްވާފައިވެ އެވެ.

އެ ބައްދަލުވުމުގައި ޓޫރިޒަމް މިނިސްޓާ އަބްދުﷲ މައުސޫމްއާއި މިނިސްޓާ އޮފް އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫނާއި އަދި ދެ މިނިސްޓްރީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ.


މިއަހަރުގެ ތެރޭގައި ރާއްޖޭގެ ސަގާފަތާއި އާދަކާދަ އިޝްތިހާރުކުރުމަށްޓަކައި ކަލްޗަރަލް ޓުރިޒަމްގެ ދާއިރާއިން މާކެޓިން ހަރަކާތްތަކެއް ކުރިއަށްގެންދިއުމާއި ސްޕޯޓްސް ޓޫރިޒަމް އަދި މައިސް ޓޫރިޒަމްގެ ދާއިރާއިން ބޭރު ދުނިޔޭގައި ރާއްޖެ އިޝްތިހާރުކުރުމުގެ މަސައްކަތްކުރުމަށް ހަމަޖެހިފައިވާކަމަށް އެމްއެމްޕީއާރުސީން މީގެކުރިން ވަނީ ބުނެފަ އެވެ. 

ކޮވިޑް-19 އާއި އެކު ރާއްޖޭގެ ފަތުރުވެރިކަމަށް އައިސްފައިވާ ހީނަރުކަން ކުޑަކުރުމަށް ޖުލައި 15 ވަނަ ދުވަހު ބޯޑަރުތައް އަލުން ހުޅުވާލުމަށްފަހު ބައެއް ރިސޯޓްތައް ވަނީ ހުޅުވާލާ ފަތުރުވެރިންނަށް ހިދުމަތްދޭން ފަށާފަ އެވެ. ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވީ ފަތުރުވެރިން ގެނައުމަށް މިވަގުތު މަސައްކަތް ކުރަމުން އަންނަނީ "ކައިރިޔަސް، ދުރަސް" ހުރިހާ މާކެޓަކަށް އަމާޒުކޮށްގެން ކަމަށެވެ. 

އަދި ކުރިއަށް އޮތް ހަތަރު މަސްތެރޭގައި ލައްކައަކަށްވުރެ ގިނަ ޓޫރިސްޓުން އަންނާނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފަ އެެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް