ads
ކަންގަނާ--
ކަންގަނާގެ ކަރަންޓީނު ފަރުބަދަމަތީގައި
މުމްބާއީގައި ކުޑަ ދުވަސްކޮޅެއް ހޭދަކުރުމަށް ފަހު ބަތަލާ ކަންގަނާ ރަނައުތު މިވަނީ އޭނާގެ އުފަން އަވަށް މަނާލީއަށް އެނބުރި ގޮސްފަ އެވެ.

އާއިލާގެ މެމްބަރުންނާއެކު ކަރަންޓީނުގެ މުއްދަތުގައި ކަންގަނާ މިވަގުތު ހުރިިއިރު ކަންގަނާ މިވަނީ އިންސްޓަގްރާމު މެދުވެރިކޮށް ފޮޓޯއެއް ހިއްސާކޮށްފަ އެވެ. ކެޕްޝަނުގައި "ސަން ކިސްޑް އިން ދަ މައުންޓެންސް" ޖަހާފައިވާ މި ފޮޓޯއަކީ ކަރަންޓީނުގެ މުއްދަތުގައި ނަގާފައިވާ ފޮޓޯއެކެވެ. 

ފަރުބަދަމަތީގެ ސަރަހައްދެއްގައިވާ މަނާލީއަކީ އިންޑިއާއަށް ޒިޔާރާތްކުރާ ފަތުރުވެރިންގެ މެދުގައި ވެސް ނިކަން މަގްބޫލު މަންޒިލެކެވެ. 

މޭކަޕް ނުކޮށް ކަންގަނާ ނަގާފައިވާ މި ފޮޓޯ، ސަޕޯޓަރުންނަށް ކަމުދިޔައިރު މިހާރު ވެސް 1.2 މިލިއަން ލައިކްސް ލިބިފައިވެ އެވެ.

ފިލްމުތަކުގެ ވާހަކައަށް ވުރެ ބޮޑަށް މިފަހުން ކަންގަނާ ނޫސްތަކުގެ ފަލަ ސުރުހީއަށް އަރަނީ ބޮލީވުޑުގެ ތަރިންގެ މެދުގައި ހިނގަމުންދާ ހިތްހަމަނުޖެހުންތަކަށް ދެމުންދާ ރައްދުތަކާއި ގުޅިގެންނެވެ. އަދި ބޮލީވުޑަށް ފާޑުކިޔާ އޭނާ އާންމުކުރާ ނުވަތަ ދެމުންދާ އިންޓަވިއުތަކުގެ ސަބަބުންނެވެ. 

ނެޕޮޓިޒަމްގެ ވާހަކައާއި އަދިވެސް ބޮލީވުޑުގައި ހިނގަމުންދާ ބައެއް ނޭދެވޭ ކަންކަމުގެ ވާހަކަ ކަންގަނާ ދައްކާތީ އޭނާއަށް ބައެއް ތަރިން ވެސް އަންނަނީ ރައްދުދެމުންނެވެ. 

އެކަމަކު މިފަހުން ކަންގަނާ ކުރި ޓްވީޓެއްގައި އޭނާ ވަނީ އެއްވެސް ކޯޅުމެއް އޭނާ ފަށާފައި ނުވާ ކަމަށާއި އެކަމަކު ހުރިހާ ކޯޅުންތަކެއް ވެސް ނިންމަން ޖެހެނީ އޭނާއަށް ކަމަށް ބުނެފަ އެވެ. ކޮންމެއަކަސް ކުއީން އިން ވިދާލި ކަންގަނާގެ ކެރުންތެރިކަމަށް ގިނަ ބަޔަކު ތައުރީފް ކުރެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް