
އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ޝަހީރު އެކަން ހިއްސާކުރިއިރު އެ ޝޯގައި އަބީރުގެ ރޯލުން އޭނާ ވަނީ ގިނަ ބައެއްގެ މަގްބޫލުކަން ދަމައިގެންފަ އެވެ. އަދި އަބީރާއި މިސްޓީގެ ލޯބި ދައްކުވައިދޭ އެ ޝޯ ނިންމާލަން ނިންމާފައި މިވަނީ "ސާތު ނިބާޔާ ސާތިޔާ"ގެ ދެވަނަ ބައެއް ގެންނަން ތައްޔާރުވެފައިވާތީ އެވެ.
ޝަހީރު ބުނީ އެ ހަބަރު ތަރިންނަށް ވެސް ހިއްސާކުރީ އިއްޔެ ޝޯގެ ޝޫޓިންތައް ކުރިއަށް ދަނިކޮށް ކަމަށެވެ. އެގޮތުން ކުއްލިއަކަށް ހަބަރު ހިއްސާކުރުމުން ހުރިހާ ތަރިން ވެސް ތިބީ ހައިރާންވެފައި ކަމަށް ބުންޏެވެ.
އެ ޝޯގައި ރޫޕަލް ޕަޓޭލް ފެނިގެންދަނީ މީނާކްޝީގެ ރޯލުންނެވެ. އެއީ އަބީރުގެ މަންމަގެ ރޯލެވެ. ރޫޕަލްއަކީ ގޯޕީ ޑްރާމާގައި ކޮކިލާގެ ރޯލުން ފެނިގެންދާ ތަރިއެވެ.
މީގެ ކުރިން އެކްތާ ކަޕޫރު ބުނި ގޮތުގައި ގޯޕީ ޑްރާމާގެ ދެވަނަ ބައިގައި ވެސް ކޮކިލާގެ ރޯލުން ފެނިގެންދާނީ ރޫޕަލް އެވެ. އެކަމަކު ރޫޕަލް ވަނީ އެއް ފަހަރާއި ދެ ޝޯގައި އޭނާއަށް މަސައްކަތް ނުކުރެވޭނެ ކަމަށް ވެސް މީގެ ކުރިން ބުނެފަ އެވެ.
އެހެެންކަމުން މި ބެލެވެނީ މިސްޓީ ޑްރާމާ ނިންމާލަން ނިންމާފައި ވަނީ ގޯޕީ ޑްރާމާއަށް ކޮކިލާ ގެނައުމުގެ ގޮތުން ކަމަށެވެ. ރޫޕަލް ވަނީ ކޮކިލާގެ ރޯލުން ގިނަ ބައެއްގެ ސަމާލުކަން ހޯދާފަ އެވެ.
އެ ޝޯގެ ދެވަނަ ބައެެއް އަންނަކަން އިއުލާންކުރީ ޒުވާނަކު ތައްޔާރުކުރި “ރަސޯއީމެ ކޯންތާ” ރެޕް ލަވަ ވައިރަލްވުމުންނެވެ.