ads
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލުގައި ބެގޭޖު ހޭންޑްލިންއަށް ބޭނުންކުރާނެ ސިސްޓަމް - ފޮޓޯ: އެމްއޭސީއެލް
އާ ޓާމިނަލްގައި ތްރީޑީ ސްކްރީނިން މެޝިން ބޭނުންކުރަނީ
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލާއެކު ފުރަތަމަ ފަހަރަށް ބެގޭޖް ޗެކިންއަށް ތްރީ-ޑީ ސްކްރީނިން މެޝިން ބޭނުންކުރަން ފަށަން ނިންމާފައިވާ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑުން ބުނެފި އެވެ.
Advertisement

ޕަސެންޖަރުންގެ ދާގީނާ ސްކްރީން ކުރުމުގައި މިވަގުތު ހުރި ގޮންޖެހުންތަކަށް ބަލާއިރު ޗެކިން ކައުންޓަރަށް ދިއުމުގެ ކުރިން ޓާމިނަލް ބޭރުގައި ދިގު ކިއުއެއް ހަދަން ޖެހުމުގެ ސަބަބުންނާއި ދާގީނާ ސްކޭން ކުރަން ޖެހުމުން ފަސިންޖަރުންގެ ވަގުތު ގެއްލި، ބުރަތަކެއް އުފުލަން ޖެހެ އެވެ. އަދި އެންމެން ކުރިމަތީގައި ދާގީނާ ސްކޭން ކުރަން ޖެހުމާއި ދާގީނާ ހުޅުވަން ޖެހުމުން ފަސިންޖަރުންގެ ޕްރައިވަސީ ގެއްލެ އެވެ. ދާގީނާ ސްކޭން ކުރުމުގައި މިހާރު ކުރިއަށްދަނީ އެންމެ ސެކިއުރިޓީ މަރުހަލާ އެކެވެ.

އަލަށް ބެހެއްޓި ތްރީ-ޑީ ސްކްރީނިން މެޝިނުން ގަޑިއިރެއް ތެރޭ 1200 ދާގީނާ، މިނެޓެއް ތެރޭ 20 ދާގީނާ ސްކްރީން ކުރެވެ އެވެ. މި ސިސްޓަމުން ސަލާމަތީ ކަންކަން އިތުރަށް ކަށަވަރުކުރަން ތިން ލެވަލްއަކަށް ދާގީނާ ސްކްރީން ކުރެވޭއިރު މުޅި ސިސްޓަމްގެ 90-80 އިންސައްތަ ކުރިއަށްދާނީ އޮޓަމެޓިކް ކޮށެވެ.

އާ ސިސްޓަމަކީ މެލޭޝިއާގެ ކުއަލަމްޕޫރު އިންޓަނޭޝަނަލް އެއާޕޯޓާއި ސިންގަޕޫރުގެ ޗަންގީ އެއާޕޯޓުގައި ބޭނުންކުރާ ފަދަ ސިސްޓަމެއް ކަމަށް ވެސް އެމްއޭސީއެލުން ބުންޏެވެ.

އާ ޓާމިނަލުގައި 47 ޗެކިން ކައުންޓަރާއި ސެލްފް ޗެކިންގެ ހަ ކިއޮކްސް ހުންނައިރު ޗެކިން އޭރިއާގެ ޖާގަ ތަނަވަސްވާނެ އެވެ. މީގެ ސަބަބުން ޓާމިނަލް ތެރޭގައި ތޮއްޖެހުން ކުޑަވެ، ހިދުމަތް އަވަސްވާނެއެވެ. އަދި އާ ޓާމިނަލްގައި ދާގީނާ ހޭންޑްލިން ސިސްޓަމުން ސްކްރީން ކުރާނީ ތިން މަރުހަލާއަކަށެވެ.

ވީއައިއޭގެ އާ ޓާމިނަލް، އަހަރަކު 7.5 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭ ގޮތަށް ފަރުމާކޮށް، މި މަހުގެ 26ގައި ހުޅުވަން އެމްއޭސީއެލުން އަންނަނީ ތައްޔާރުވަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް