ads
ގޮއިދޫ ރައްޔިތުން ލޯޔަލް އައިލެންޑް ކަރަންޓީން ފެސިލިޓީއަށް އެހީވުން--
ހުއްދަ ފުރިހަމަ ނުކޮށް ހޯމް ކަރަންޓީނަށް ރަށަށް ދާކަން ފާހަގަ ކުރެވޭ ކަމަށް އެޗްއީއޯސީ އިން ބުނެފި
ހޯމް ކަރަންޓީނަށް ރަަށަށް ދިއުމަށް ހުއްދަ ފުރިހަމަ ނުކޮށް ބައެއް މީހުން ދަތުރުކުރަމުން ދާ ކަމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަ އެޗްއީއޯސީ އިން ބުނެފިއެވެ.
Advertisement

އެޗްއީއޯސީގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްއީއޯސީގެ ތަރުޖަމާން ޑރ.ނަޒްލާ ރަފީގު ވިދާޅުވީ ފުރަބަންދު ކަރަންޓީނަށް ވަރަށް ގިނަ ބަޔަކު ދަތުރު ކުރަމުންގެންދާ ކަމަށެވެ. އެގޮތަށް ދަތުރު ކުރާ އިރު ހުއްދަ ފުރިހަމަ ނުކޮށް ރަށަށް ދާކަން ފާހަގަ ކުރެވޭ ކަމަށް ނަޒްލާ ވިދާޅުވިއެވެ.

ނަޒްލާ ވިދާޅުވީ ރަށަށް ހޯމް ކަރަންޓީނަށް ދާއިރު މިހާރު ހަމަޖެހިފައި އޮންނަ އުސޫލަކީ ހާލު ބެލުން ޕޯޓަލް މެދުވެރިކޮށް ފުރަތަމަ ރިކުއެސްޓެއް ކުރުން ކަމަށެވެ. އަދި އެއަށްފަހު އެރަށެއްގެ ކައުންސިލުން ބަލަން ޖެހޭ ކަންތައްތައް ބެލުމަށްފަހު ކަައުންސިލުން އެމީހަކަށް ހުއްދަ ދޭނެ ކަމަށެވެ. ކައުންސިލުން ހުއްދަ ދިން ކަން އަންގާ އެމީހަކަށް މެސެޖެއް ދާނެ ކަމަށް ނަޒްލާ ވިދާޅުވިއެވެ.

ނަޒްލާ ވިދާޅުވީ މިގޮތަށް ކައުންސިލުން މެސެޖް ދިއުމުން އެއީ ރަށަށް ދާން ހުއްދަ ލިބުނީ ކަމަށް ބަލާ ބައެއް މީހުން ދަތުރަށް ޓިކެޓް ނަގާ ރަށަށް ދާކަން ފާހަގަ ކުރެވޭ ކަމަށެވެ. އެހެން ނަމަވެސް ޕްރޮސެސް އެހިސާބުން ނިމުނީ ނޫން ކަމަށާ އެއީ ހަމަ އެކަނި ކައުންސިލުން ހުއްދަ ލިބުންކަން އަންގާ މެސެޖް އެއް ކަމަށެވެ.

ދެން އޭގެ ފަހުން ކައުންސިލުން އެޕްރޫވް ކުރީމަ އެޗްޕީއޭ އިންވެސް އިތުރު ކަންތައްތަކެއް ބަލާނެ ކަމަށާ އެގޮތުން އޯޕަން އިންވެސްޓިގޭޝަންއެއް ކުރާނެ ކަމަށް ނަޒްލާ ވިދާޅުވިއެވެ. އެމީހަކީ ޑައިރެކްޓު ކޮންޓެކްޓެއްތޯ ނުވަތަ ނޫންތޯ އާއި މިކަހަލަ ކަންތައްތަކެއް އެޗްޕީއޭއިން ބަލާނެ ކަމަށް ނަޒްލާ ވިދާޅުވިއެވެ. އަދި އެމީހަކަށް ހުއްދަ ދެނީ މިކަންކަމަށް ބެލުމަށް ފަހު އެފަދަ އެއްވެސް ކަމެއް ނެތް މީހަކަށް ކަމަށް ނަޒްލާ ވިދާޅުވިއެވެ.

އެޗްއީއޯސީގެ ފަރާތުން ފައިނަލް ހުއްދަ ލިބުމާއެއްކޮށް އެމީހަކާށް ރަށަށް ދިއުމަށް ކަރަންޓީނު ލިޔުން ހާލު ބެލުން ޕޯޓަލް އަށް އަޕްޑޭޓް ކުރެވޭނެ ކަމަށާ މިގޮތަށް އަޕްލޯޑު ވީމަ އެލިޔުން ހިފައިގެން ރަށަށޤ ދެވޭނެ ކަމަށް ނަޒްލާ ވިދާޅުވިއެވެ.

މިލިޔުން ލިބުމުގެ ކުރިން އެއްވެސް މީހަކު ޓިކެޓް ނަގާ ރަށަށް ތިއުމުގެ އެއްވެސް އިންތިޒާމެއް ހަމަ ނުޖެއްސުމަށް އެދޭ ކަމަށް ނަޒްލާ ވިދާޅުވިއެވެ. ނަޒްލާ ވިދާޅުވީ ކައުންސިލުން ހުއްދަ ލިބުނު ކަމުގައި ވިޔަސް އަދި އެހެނިހެން ސަބަބު ތަކާހުރެ އެޗްއީއޯސީގެ ހުއްދަ ނުލިބުމުގެ ފުރުސަތު އޮވެދާނެ ކަމަށާ އެހެންވީމަ އެކަންކަން ފުރިހަމަ ވީމަ ނޫނީ ރަށަށް ނުދިއުމަށް ނަޒްލާ ވިދާޅުވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް