މި ލަވައަކީ އެ ބޭންޑުން އިނގިރޭސި ބަހުން ނެރުނު ފުރަތަމަ ލަވަ އެވެ. އެ ލަވައަށް ވަނީ ބޮޑު ކާމީޔާބެއް ލބިގެން ގޮސްފަ އެވެ.
މިދިޔަ ހަފްތާގައި އެމެރިކާޒް ގޮޓް ޓެލެންޓުގައި ބީޓީއެސް އިން އެ ލަވަ ހުށަހަޅައިދިން އިރު، ގްރޫޕުގެ ހުރިހާ މެމްބަރުން ބައިވެރިވި އެވެ.
އާރްއެމް، ޖިން، ސޫގާ، ޖޭ ހޯޕް، ޖިމިން، ވީ އަދި ޖުންގްކޫކު އެ ޝޯގައި ލަވަ ހުށަހަޅައި ދިނީ އެމިއުޒްމަންޓް ޕާކާއި، ރެސްޓޯރެންޓެއް، އަދި ތިއޭޓަރެއް ފެނިގެންދާ ސެޓެއްގަ އެވެ.
"ޑައިނަމައިޓް" ވަނީ ޖެހިޖެހިގެން ދެ ހަފްތާ ބިލްބޯޑް ހޮޓް 100 ގައި ހިމެނިފަ އެވެ. މީގެ ކުރިން 2018 ވަނަ އަހަރު އެ ބޭންޑުގެ ލަވަ "އައިޑޮލް" ވެސް އެމެރިކާޒް ގޮޓް ޓެލެންޓުގައި ހުށަހަޅާފައި ވެއެވެ.