
އެ ރިޕޯޓު ހަވާލުކުރީ މިއަދު އެންވަޔަރަންމަންޓް މިނިސްޓްރީގައި އެކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.
މިއަދު ފެނަކައާ ހަވާކުރެވުނު އެ ރިޕޯޓަކީ އެކުންފުނީގެ ބެލުމުގެ ދަށުގައިވާ ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމަށް ބޭނުންކުރާ ހުރިހާ ހަރު މުދަލެއްގެ ހަމަ އަގު ފުރަތަމަ ފަހަރަށް އެނގިގެންދާ ރިޕޯޓެއް ކަމަށް އެވަޔަރަމެންޓް މިނިސްޓްރީން ބުނެއެވެ.
ކަރަންޓް ހިދުމަތަކުގެ އެސެޓް ވެލުއޭޝަން ރިޕޯޓް ފެނަކައާއި ހަވާލުކުރުން
ރާއްޖެއަކީ ތެލުގެ މުއްސަނދިކަން ނެތް ގައުމަކަށްވާތީ، ބޭރުން އެތެރެކުރާ ތެލަށް ބަރޯސާވާން ޖެހިފައިވުމުގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލަށް އަންނަ ކޮންމެ ބަދަލަކީ އޭގެ ސަބަބުން އެކަމުގެ އެދެވޭ އަދި ނޭދެވޭ އަސަރުތަކެއް ރާއްޖޭގެ އިގްތިސާދަށް ކުރާ ކަމެކެވެ.
ބައެއް ރަށްރަށުގައި މިހާރު ބޭނުންކުރެވޭ ކަރަންޓުގެ ނިޒާމުތަކަކީ ގިނަދުވަސްވެ ބާވެފައިވާ ނިޒާމުތަކެއް ކަމުން ހިންގުމުގެ ހަރަދު ބޮޑު ނިޒާމުތަކެކެވެ. އަދި ރާއްޖެއަކީ ކުދި ޖަޒީރާ ރަށްތަކެއްގެ މައްޗަށް އުފެދިފައިވާ ގައުމަކަށްވާތީ، ކޮންމެ ރަށަކަށް ކަރަންޓުގެ ހިދުމަތް ދެމުންގެންދަނީ އެރަށެއްގައި ވަކި އިންޖީނުގެ އަކާއި ކަރަންޓު ވިއުގައެއް ގާއިމުކޮށްގެންނެވެ. އެ ނިޒާމުތަކަކީ އެއްވެސް ޑިޒައިނެއް، ޕްލޭނެއްނެތި އަމިއްލަ ފަރާތްތަކާއި ރަށްކުރިއަރުވާ ކޮމެޓީތަކުން ގާއިމުކޮށްފައިވާ، ގިނަދުވަސް ވެފައިވާ ނިޒާމުތަކެކެވެ.
އަދި ކަރަންޓުގެ ހިދުމަތްތައް އިތުރަށް ހަރުދަނާކޮށް މެދުނުކެނޑި ފޯރުކޮށްދިނުމުގެ މަގްސަދުގައި، 2009 ވަނަ އަހަރު ސަރުކާރުން ޔުޓިލިޓީ ކުންފުނިތަކެއް އުފައްދައި، ރާއްޖޭގެ ހަތް ސަރަހަށްދަކަށް ފެނާއި ނަރުދަމާ އަދި ކަރަންޓުގެ ހިދުމަތް ދޭންފެށުނެވެ. ފެނަކަ އުފައްދަވައި ޔުޓިލިޓީ ކުންފުނިތަކުން ދެމުން ގެންދިޔަ ހިދުމަތްތައް ފެނަކައާ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް އިން ދެމުން ގެންދާ ހިދުމަތްތަކެއްގެ ގޮތަށް ބަދަލުކުރެވުނީ 2012 ވަނަ އަހަރުއެވެ. އެހެންކަމުން ފެނަކައިގެ ދަށުގައިވާ ހަރުމުދަލުގެ ރަޖިސްޓްރީއެއް މިހާތަނަށް އެކުލަވާލާފައެއް ނުވެއެވެ.
ފެނަކައާ ހަވާކުރެވުނު އެ ރިޕޯޓުގެ ސަބަބުން ރާއްޖޭގެ ރަށްރަށުގައި ކަރަންޓުގެ ހިދުމަތް މިހާރަށްވުރެ ހަރުދަނާކޮށްދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެކަމަށާއި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމަށް ބޭނުންކުރާ ހުރިހާ ހަރު މުދަލެއްގެ ހަމަ އަގު އެނގިގެންދާނެ ކަމަށްވެސް އެ މިނިސްޓްރީން ބުނެއެެެވެ.
ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދު މުހައްމަދާއި އެ ރިޕޯޓް ހަވާލުކޮށްދެއްވީ އެންވަޔަރަންމަންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން އެވެ.