ads
ފޮޓޯ: އަވަސް
ފްލެޓްތަކުގެ ކުނިއަޅާ ގޮޅިއަށް ކުނި ނޭޅުމަށް އަންގައިފި
ސިނަމާލެ ފްލެޓްތަކުގައި ކުނިއަޅާ ގޮޅިތަކަށް އަޅާކުނި މިދުވަސްވަރު ނަގާ އެތަން ސާފުނުކުރެވޭނެތީވެ، ގޮޅިތަކަށް ކުނި ނޭޅުމަށް މާލޭސިޓީ ކައުންސިލުން އަންގައިފި އެވެ.

މާލޭސިޓީ ކައުންސިލުން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ އެ އިދާރާގައި މަސައްކަތްކުރާ ބިދޭސީ މުވައްޒަފުންގެ ތެރެއިން ގިނަ އަދަދެއްގެ މުވައްޒަފުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި އެކަމާއި ގުޅިގެން ބިދޭސީ ހުރިހާ މުވައްޒަފުން މިހާރު ކަރަންޓީން ކުރެވިފައިވާކަމަށް ވެސް ބުނެފައިވެ އެވެ. 

އެކަމުގެ ސަބަބުން  ބިދޭސީ މުވައްޒަފުން ޝާމިލްކޮށްގެން ކުރާ ހުރިހާ މަސައްކަތެއް މި ވަގުތު ހުއްޓިފައިވާ ކަމަށް ވެސް ސިޓީ ކައުންސިލުން ބުނެފައިވެ އެވެ. 

މީގެ އިތުރުން ބުނެފައިވަނީ، ފްލެޓްތަކުގައި ކުނިއަޅާ ގޮޅިތަކަށް އަޅާކުނި މިދުވަސްވަރު ނަގާ އެތަން ސާފުނުކުރެވޭނެތީވެ، ގޮޅިތަކަށް ކުނި ނޭޅުމަށް އަންގާކަމަށެވެ. އަދި ފްލެޓްތަކުގެ ގޯތިތެރެއަށާއި ފުރާޅުތައް މައްޗަށް ކުނިއަޅާ ނުހެދުމަށްވެސް ވެސް ވަނީ އަންގާފައެވެ. އަދި ވެމްކޯގައި ރަޖިސްޓްރީ ކޮށްގެން ކުނި އުކާލުމުގެކަންކަން ކުރިއަށް ގެންދިއުމަށްވެސް ސިޓީ ކައުންސިލުން ވަނީ އެދިފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް