ads
ސިސްޓާ އައިލެންޑް ކޮންފަރެންސްގެ ތެރެއިން
ގއ. އަތޮޅާއި ފުވައްމުލަކުން ގުޅިގެން ވަަސީލަތް ބޭނުންކުރަން އެއްބަސްވެއްޖެ
ގއ. އަތޮޅުގެ ރަށްތަކާއި ފުވައްމުލަކު ސިޓީގައި ހުރި ވަަސީލަތްތައް، އެއް ބަޔަކު އަނެއް ބަޔަކަށް ހިއްސާކޮށް ގުޅިގެން ކުރިއަށް ދިއުމަަށް އެއްބަސްވެއްޖެ އެވެ.

އެކަމާއި ގުޅޭ މައުލޫމާތު ސީއެންއެމްއަށް ހިއްސާކުރައްްވަމުން ފުވައްމުލައް ސިޓީގެ ޑެޕިއުޓި މޭޔަރު މުހައްމަދު ޟިރާރު ވިދާޅުވީ އިއްޔެވީ އެެ އެއްބަސްވުންވެފައި ވަނީ ގއ. ގެމަނަފުށީގައި އިއްޔެ ބޭއްވި “ސިސްޓާ އައިލެންޑް ކޮންފަރެންސް” ގައި ކަމަށެވެ.

އެގޮތުން ފުވައްމުލައް ހިމެނޭ ގޮތަށް ގއ. އަތޮޅުގެ ނުވަ ރަަށަކުން ވަނީ އެއްބަސްވުމުގައި ސޮއިކޮށް ރަށުގައި ހުރި ވަސީލަތްތައް އެހެން ރަށްރަށަށް ފޯރުކޮށްދީ އެހީވާން އެެއްބަސްވެފަ އެވެ.

އެ އެއްބަސްވުމުގައި ސޮއި ނުކުރަނީ ގއ. ނިލަންދޫ ކައުންސިލުން އެކަންޏެވެ. އެގޮތުން ޟިރާރު ވިދާޅުވި ގޮތުގައި އެރަށު ކައުންސިލުން ވެސް އެ އެއްބަސްވުމަަށް ވަރަށް ތާއީދުކޮށް އެކަމަށް އެއްބާރުލުންދޭނެކަމަށް ބުނެފައިވެ އެވެ. އެކަމަކު އެއްބަސްވުމުގައި ސޮއި ނުކުރީ ގިނަ އެއްބަސްވުންތަކެއް މީގެ ކުރިން ހެދި ނަމަވެސް ނަތީޖާ ނުފެންނާތީ އެވެ. 

ޟިރާރު ވިދާޅުވީ ނުވަ ރަށުގެ މެދުގައި އެއްބަސްވެފައިވަނީ މައިގަނޑު އަށް ކަމަކަށް ކަމަށެވެ. އޭގެ ތެރޭގައި ދަތުރުފަތުރާއި ތައުލީމް އަދި ކުޅިވަރާއި އިގްތިސޯދުގެ އިތުރުން ސިއްހީ ކަންކަމުގައި އެއް ރަށުން އަނެއް ރަށަށް އެހީތެރިކަން ފޯރުކޮށްދިނުން ހިމެނެ އެވެ.  

އޭގެ އިތުރުން ވެސް ތަފާތު އިޖުތިމާއީ ހަރަކާތްތައް އެރަށްރަށުގެ މެދުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަން ފާހަގަކުރެއްވި އެވެ. 

ޟިރާރު އިތުރަށް ވިދާޅުވީ ކޮވިޑާއި ގުޅިގެން އެޅި ފިޔަވަޅުތަކާއެކު ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ދަތުރުފަތުރުގެ ނިޒާމު އޮތް ގޮތް ކަމަށެވެ. އެކަމަކު އެކަމަށް ހައްލެއް ހޯދުމަށް އެ ރަށްތަކުގެ މެދުގައި މަސައްކަތް ކުރެވިގެންދާނެ ކަމަށް ވެސް ވިދާޅުވި އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް