ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފައިވަނީ މިއަދު ކޮވިޑަށް ޕޮޒިޓިވްވި 75 މީހުންގެ ތެރެއިން 22 މީހުންނަކީ ދިވެހިން ކަމަށެވެ. އަދި 53 މީހުންނަކީ ބިދޭސީން ކަމަށެވެ.
މިއާއި އެކު ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވީ މީހުންގެ ޖުމުލަ އަދަދު ވަނީ 9724 އަށް އަރާފައެވެ. މިވަގުތު ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވް ކޮށް ތިބީ 1424 މީހުންނެވެ.
އައިސޮލޭޝަން ފެސިލިޓީތަކުގައި 686 މީހުން ތިބި ކަމަށް އެޗްޕީއޭއިން މައުލޫމާތުދެ އެވެ. އަދި 107 މީހަކަށް ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން އަންނަކަމަށް ވެސް މައުލޫމާތު ދީފައިވެ އެވެ.
މިއަދު ރާއްޖެއިން ކޮވިޑް-19 ގައި 73 މީހަކު ވަނީ ރަނގަޅުވެފައެވެ. މިއާއި އެކު ބަލިން ރަނގަޅުވީ މީހުންގެ ޖުމުލަ އަދަދު ވަނީ 8261 ކަށް އަރާފަ އެވެ.