ads
މާފުށީ ޖަލު--
ވަކީލުންގެ ބައްދަލުވުން ޖަލުގައި ބޭއްވޭ ގޮތަަށް އަމަލުކުރަނީ
ކޮވިޑް-19 އާ ގުޅިގެން ޖަލަށް ޒިޔާރާތްކޮށް ވަކީލުންނަށް ބަންދު މީހުންނާއި ގައިދީންނަށް ބައްދަލުކުރުން ހުއްޓާލި ނަމަވެސް އަލުން އެ ފުރުސަތު ދޭން ނިންމާފައިވާ ކަމަށް ކަރެކްޝަންސް އިން ބުނެފި އެވެ.
Advertisement

ކަރެކްޝަންސް އިން ނެރުނު ބަޔާނެއްގައި ބުނީ ގާނޫނީ ވަކީލުން ޖަލަށް ޒިޔާރާތްކޮށް ގައިދީންނާއި ބަންދު މީހުންނަސް ބައްދަލުނުކުރެވޭ ގޮތް ހެދީ ކޮވިޑްގެ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކަމަށެވެ. އެކަމަކު މާދަމާ އިން ފެށިގެން އެފަރާތްތަކުގެ ގާނޫނީ ވަކީލުންނަށް ޖަލަށް ޒިޔާރާތްކޮށް ބައްދަލުކުރެވޭނެ ކަމަށް ވެސް ބުނެ އެވެ.

އެކަމަކު މާފުށީ ޖަލާއި އައްސޭރި ޖަލަށް ޒިޔާރާތް ކުރާ ފަރާތްތަކުން އެޗްޕީއޭ އިން ނަގަން ޖެހޭ ހުއްދަތައް ނެގުމަކީ އަމިއްލަ ކަމެއް ކަމަށާއި ކޮވިޑްގެ ފިޔަވަޅުތަކަށް ރައްކާތެރިވެގެން ޖަލަށް ޒިޔާރާތްކުރުމަށް ވެސް އަންގާފައިވެ އެވެ.  

ކަރެކްޝަންސް އިން ބުނީ އެ ބަދަލާއެކު ވެސް ވީޑިއޯ އަދި ފޯނު ކޯލު މެދުވެރިކޮށް ހަމަޖައްސާފައިވާ އުސޫލާއި އެއްގޮތަށް ޖަލުގައި ތިބި ފަރާތްތަކަށް ގާނޫނީ ވަކީލުންނާއި ބައްދަލުކުރުމުގެ ކަންކަން ކުރިއަށްދާނެ ކަމަށެވެ.

އަދި އެއްވެސް ޖަލަކުން ކޮވިޑް-19 ގެ ކޭހެއް ފެނިއްޖެނަމަ އަނެއްކާ ވެސް ޖަލަށް ޒިޔާރާތްކުރުމުގެ ކަންކަން މެދުކެނޑޭނެ ކަމަށް ބުނެފައިވެ އެވެ. 

އޭގެ އިތުރުން ބައްދަލުވުން ހަމަޖެއްސުމަށް ކަނޑައަޅާފައިވާ ފޯމު ފުރިހަމަ ކުރުމަށް ފަހު ކަރެކްޝަނަށް މެއިލް ކުރުމުން އެ އިންތިޒާމު ހަމަޖެއްސުމަށް ފަހު އަންގާނެ ކަމަށް ވެސް ބުނެފައިވެ އެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް