ads
ވ. އަތޮޅަަަށް ބިދޭސީ ނަރުހުންގެ ބަދަލުގައި ދިވެހި ނަރުހުން ހޯދަނީ
ވ. އަތޮޅު ހޮސްޕިޓަލުގެ އިތުރުން އެ އަތޮޅުގެ އެކި ސިއްހީ މަރުކަޒުތަކުގައި މަސައްކަތްކުރާނެ ދިވެހި ނަރުހުން ހޯދަން އިއުލާންކޮށްފި އެވެ.
Advertisement

ވ. އަތޮޅު ހޮސްޕިޓަލުން ކުރި އިއުލާނެއްގައި ބުނީ އެ ހޮސްޕިޓަލާއި ފުލިދޫ އަދި ކެޔޮދޫގެ އިތުރުން ރަކީދޫ ސިއްހީ މަރުކަޒުގައި މަސައްކަތް ކުރަން ބޭނުންވާ ނަރުހުންނަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

އެގޮތުން ރެޖިސްޓާޑް ނަރުހުންނާއި ސީނިއާ ރެޖިސްޓާޑް ނަރުހުންގެ ކްލިނިކަލް ނަރުހުންގެ 11 ފަރާތެއް ހޯދަމުން އަންނައިރު ރެޖިސްޓާޑް ނަރުހުންގެ މުސާރަ އުޅެނީ 9060 އާއި 9210 ރުފިޔާއާ ދެމެދުގަ އެވެ. 

އެގޮތުން މޯލްޑިވްސް ނާސިން އެންޑް މިޑްވައިފްރީ ކައުންސިލުނއ ގަބޫލުކުރާ ނާސިން ދާއިރާއިން ގައުމީ ސަނަދަތަކުގެ އޮނިގަނޑު ލެވެލް ފަހެއް ނުވަތަ ހައެއްގެ ސަނެެއް އޮންނަން ޖެހެ އެވެ.

އަދި ސީނިއާ ރަޖިސްޓާޑް ނަރުހުންގެ ލެވެލް ހަތެއް ނުވަތަ އަށެއްގެ ސަނަދެއް އޮންނަން ޖެހޭއިރު އަސާސީ މުސާރައަކީ 9670 އާއި 10160 ރުފިޔާއާ ދެމެދުގެ މުސާރައެއް ލިބޭނެ އެވެ. 

އޭގެ އިތުރުން ކްލިނިކަލް ނަރުހުންގެ ލެވެލް ނުވައެއްގެ ސަނަދެއް އޮންނަން ޖެހޭއިރު އެ ފަރާތްތަކުގެ އަސާސީ މުސާރައަކީ 10410 އިން ފެށިގެން 10940 ރުފިޔާއާ ދެމެދުގެ މުސާރައެއް ލިބޭނެ އެވެ. އަދި މަސައްކަތަށް ނިކުންނަ ކޮންމެ ދުވަހަކަށް 120 ރުފިޔާ ލިބޭއިރު ޕެންޝަން ކޮންޓްރިބިއުޝަނާއި އިތުރު ގަޑީގެ ފައިސާއާ އިނާޔަތް ވެސް ލިބޭނެ އެވެ.

އެ މަގާމުތަކަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 30 ވަނަ ދުވަހުގެ 13:00 ގެ ކުރިން އެކަމާއި ގުޅިގެން ހުށަހަޅަން ޖެހޭ ލިޔެކިޔުންތައް ވ. އަތޮޅު ހޮސްޕިޓަލާއި ދެން އިއުލާންކޮށްފައިވާ ސިއްހީ މަރުކަޒުތަކަަށް ހުށަހެޅުމަށް ވަނީ އެދިފަ އެވެ. އެ މަގާމަށް މީހުން ހޮވުމުގައި ތައުލީމީ ފެންވަރާއި ތަޖުރިބާއަށް ބެލޭނެ ކަމަށް ބުނެފައިވެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް