ads
ކުރެންދޫ ނަރުދަމާގެ މަސައްކަތް ނިންމާލުން-
ކުރެންދޫ ނަރުދަމާގެ މަސައްކަތް ނިންމާލައިފި
ޅ. ކުރެންދޫގެ ނަރުދަމާ ނިޒާމުގެ އަމަލީ މަސައްކަތް ނިމިއްޖެ އެވެ.

އެމްޑަބްލިއުއެސްސީ އިން ބުނީ ކުރެންދޫގައި ނަރުދަމާ ގާއިމުކުރުމުގެ މަސައްކަތް ނިންމާއި ކޮމިޝަން ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަަށެވެ. 

އެރަށު ނަރުދަމާގެ ނިޒާމު ކޮމިޝަން ކުރުމުގެ މަސައްކަތް ކުރުމަަަށް އެކުންފުންޏާއި ޕްލޭނިން އެންޑް ހައުސިން މިނިސްޓްރީގެ އިތުރުން ފެނަކައިގެ މުވައްޒަފުން މިއަދު އެރަަށަަށް ގޮސްފައިވާއިރު އެމަސައްކަތް މިއަދު ނިންމާލާނެ އެވެ.

ކުރެންދޫ ނަރުދަމާގެ މަސައްކަތް އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްފައި ވަނީ 29 މިލިއަން ރުފިޔާ އަށެވެ. އެ މަޝްރޫއުގެ ދަށުން 6000 މީޓަރުގެ ނަރުދަމާ މައި ނެޓްވޯކާއި 720 މީޓަރުގެ ޕަމްޕިން ލައިނާއި ދެ ޕަމްޕިން ސްޓޭޝަނުގެ އިތުރުން ސީ އައުޓް ފުލް އަދި އިދާރީ ބިލްޑިން ގާއިމުކޮށްފައިވެ އެވެ.

އޭގެ އިތުރުން އެ މަޝްރޫއުގެ ދަށުން އެރަށުގެ 366 ގެއެއްގައި ޖަންޝަން ބަހައްޓާއި އެ ގެތަނަކަށް ވަނީ ނަރުދަމާ ގުޅުވާފަ އެވެ. އަދި ނަރުދަމާގެ ނިޒާމު ބަލަހައްޓަން ބޭނުންވާ ޖަނަރޭޓަރު ސެޓާއި ވެހިކަލް ފޯރުކޮށްދީފައިވާއިރު އެކުންފުނިން ބުނީ އެކަމުގެ ސަބަބުން ރައްޔިތުންނަަށް ރައްކާތެރި ނަރުދަމާ ނިޒާމެއް ލިބިގެންދާނެ ކަމަށެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް