ads
ކޮރޯނާވައިރަސް
އިތުރު 46 މީހުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
ރާއްޖެއިން އިތުރު 46 މީހުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ އެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފައިވަނި މިއަދު ޕޮޒިޓިވް ވީ މީހުންގެ ތެރެއިން 31 މީހުންނަކީ ދިވެހިން ކަމަށެވެ. އަދި 15 މީހުންނަކީ ބިދޭސީން ކަމަށް މައުލޫމާތު ދީފައިވެއެވެ. 

މިއާއި އެކު ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވީ މީހުންގެ ޖުމުލަ އަދަދު ވަނީ 9770 ކަށް އަރާފައެވެ. 

އެޗްޕީއޭއިން ބުނެފައިވަނީ މިވަގުތު އެކްޓިވް ކޭސްތަކުގެ ގޮތުގައި ތިބީ 1340 ފަރާތެއް ކަމަށެވެ. 

މިއަދު 129 މީހުން ކޮވިޑުން ރަނގަޅު ވެފައިވާއިރު މިއާއި އެކު ޖުމުލަ ރަނގަޅުވީ މީހުންގެ އަދަދު ވަނީ 8390 އަށް އަރާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް