ads
އިންޑިއާގެ ވެކްސިންގެ ހިއުމަން ޓްރައިލްގައި ބައިވެރިވާން ދައުވަތު ދީފި
އިންޑިއާއިން ކޮވިޑް-19 އާއި ދެކޮޅަށް ތައްޔާރު ކުރާ ވެކްސިންގެ ހިއުމަން ޓްރައިލްގައި ބައިވެރިވުމުގެ ދައުވަތު ރާއްޖެއަށް ދީފި އެވެ.

މިރޭގެ ޕްރެސް ކޮންފަރެންސްގައި ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ހެލްތް އިމާޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގް ވިދާޅުވީ، އިންޑިއާއިން ކޮވިޑް-19 އާއި ދެކޮޅަށް ތައްޔާރު ކުރާ ވެކްސިންގެ ހިއުމަން ޓްރައިލްގައި ބައިވެރިވުމަށް ރާއްޖެއަށް ދައުލަތު ލިބިފައިވާ ކަމަށެވެ. 

އެހެން ނަމަވެސް އެކަމުގައި ބައިވެރިވާން ރާއްޖެއިން އަދި ނިންމާފައިނެތް ކަމަށް ޑރ. ނަޒްލާ ވިދާޅުވި އެވެ. 

ޑރ. ނަޒްލާ ވިދާޅުވީ އެނޫން އެއްވެސް ގައުމަކުން ވެކްސިންގެ މަސައްކަތުގައި ބައިވެރިވުމަށް ރާއްޖެއަށް ދައުވަތު ދީފައިވާ ކަމުގެ މައުލޫމާތު އަދި ލިބިފައިނުވާކަމަށެވެ.

ކޮވިޑް19 އަށް ވެކްސިނެއް އުފެއްދުމުގެ މަސައްކަތް އެކި ފަރާތްތަކުން އަންނަނީ ކުރަމުންނެވެ. 

އިންޑިއާގެ ހެލްތް މިނިސްޓަރު ޑރ. ހާޝް ވަރްދަން އާ ހަވާދީ ރިޕޯޓްކޮށްފައިވާ ގޮތުގައި އިންޑިއާއިން ތައްޔާރު ކުރާ ހަތަރު ވެކްސިނެއް ތައްޔާރު ކުރުމުގެ މަސައްކަތްވަނީ އެޑްވާންސް ސްޓޭޖްގަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް