ads
ދީޕިކާ ޕަޑުކޯން-
ޑްރަގު ބޭނުންކުރާ ކަމުގެ ތުހުމަތު ދީޕިކާއަށް، މިހަފުތާގައި ސުވާލުކުރަނީ
ސުޝާންތުގެ މަރާއެކު ފެންމަތިވެފައިވާ ބޮލީވުޑު ތަރިންގެ ޑްރަގުގެ މައްސަލައިގެ ތެރޭގައި މަޝްހޫރު ބަތަލާ ދީޕިކާ ޕަޑުކޯން ހިމެނޭ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި ދީޕިކާގެ އިތުރުން އޭނާގެ މެނޭޖަރު ވެސް ލިސްޓުގައި ހިމެނެ އެވެ. ވަޓްސްއެޕް ޗެޓްތަކެއް އާންމުވެފައިވާއިރު އޭގައިވާ “ޑީ” އަކީ ދީޕިކާ ކަމަށް ތުހުމަތު ކުރާއިރު އޭނާ ވަނީ ޑްރަގު ހޯދުމަށް އެދިފަ އެވެ. 

އަދި އެ މައްސަލައާ ގުޅިގެން މިހަފުތާގެ ތެރޭގައި ދީޕިކާއާ  ސުވާލުކުރާނެ ކަމަަށް ބުނެ އެވެ. 

ދިޕިކާގެ ކުރިން އާންމުވި ނަންތަކުގެ ތެރޭގައި ހިމެނެނީ ރަކުލް ޕްރީތު ސިންގް އާއި ސާރާ އަލީ ހާންގެ އިތުރުން ޝްރައްދާ ކަޕޫރުގެ ނަމެވެ. 

އެ ނަންތައް އާންމުވީ ޑްރަގުގެ މައްސަލައާ ގުޅިގެން ސުޝާންތުގެ ލޯބިވެރިޔާ، ރިއާ ޗަކްރަބޯޓީ ހައްޔަރުކުރުމުންނެވެ. އަދި ތަހުގީގީ މަރުހަލާގެ ތެރެއިން ރިއާ ހާމަކުރި ނަންތަކެއް ކަމަށް ވެސް ބުނެ އެވެ.

ގިނަ ބައެއްގެ ލޯބި ހޯދާފައިވާ ދީޕިކާއަށް ޑްރަގުގެ ތުހުމަތުކުރާއިރު އެކަމުގައި އަދި އޭނާ ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ.

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް