
އެ ފުލުސް މީހާއަކީ އެމެރިކާ އަސްކަރިއްޔާގެ ރިޒާވިސްޓެއްގެ ގޮތުގައި ވެސް މަސައްކަތް ކުރާ މީހެކެވެ.
އުމުރުން 33 އަހަރުގެ ބައިމަދަޖީ އަންގްވަންގް އިއްޔެ ވަނީ ލޯންގް އައިލެންޑްގައި އޭނާ ދިރިއުޅޭ ގެއިން ހައްޔަރުކޮށްފަ އެވެ.
ކޯޓަށް ހުށަހަޅާފައިވާ މައްސަލާގައި އޭނާއަށް ތުހުމަތު ކުރަނީ ޗައިނާއަށް ޖާސޫސްކޮށްދިން ކަމަށެވެ. އެގޮތުން އޭނާގެ ކަންކަން ބަލާފައި ވަނީ ނިއު ޔޯކުގައި ހުންނަ ޗައިނާގެ ކޮންޒިއުލޭޓުން ކަމަށް ބުނެފައި ވެއެވެ.
އަންގަވަންގް އަކީ ޗައިނާއަށް އުފަން އެމެރިކާގެ ރައްޔިތުކަން ލިބިފައިވާ މީހެކެވެ. 2014 އިން ފެށިގެން ޖާސޫސް ކުރި ކަމަށާއި، މަކަރާއި ހިޔާނާތުގެ އިތުރުން ދޮގު ބަޔާން ދިން ކަމަށް ވެސް އޭނާއަށް ތުހުމަތު ކުރެ އެވެ.
ޖާސޫސް ކުރާ ކަމުގެ ތުހުމަތު އެމެރިކާއިން އަބަދުވެސް ޗައިނާއަށް ކުރެ އެވެ. މި ފަހަކަށް އައިސް އެފަދަ މައްސަލަތައް ކޯޓަށް ހުށަހަޅާ މިންވަރު އިތުރެވެ.