ކޮވިޑް-19 އާ ގުޅިގެން މީރާއިން ވަނީ އޮންލައިންކޮށް އަހަރީ ފީ ދާއްކާ ފަރާތްތަކަށް ފީ ދެއްކުމުން ސްޓިކާ ދޫކުރުން ވަގުތީ ގޮތުން މެދުކަނޑާލާފަ އެވެ.
ނަމަވެސް މި މަހުގެ 13 ވަނަ ދުވަހުން ފެށިގެން މީރާއިން އަންނަނީ އޮންލައިންކޮށް ފީ ދައްކާ ފަރާތްތަކަށް ވެސް ސްޓިކާ ދޫކުރަން ފަށާފަ އެވެ.
ސްޓިކާ ދޫކުރަން ފަށާފައިވީ ނަމަވެސް، އޮންލައިންކޮށް ފީ ދެއްކުމުން މީރާއިން ދޫކުރާ ރަސީދު ވެސް ސްޓިކާގެ ބަދަލުގައި ބޭނުން ކުރެވޭނެ ކަމަށް އެ އިދާރާއިން ބުނެ އެވެ.
އުޅަނދު ފަހަރުގެ އަހަރީ ފީ އާއި ޖޫރިމަނާ ފީ އޮންލައިންކޮށް ދެއްކޭނެ އިންތިޒާމް މީރާގެ ވެބްސައިޓާއި އެޕްގައި ވަނީ ހަމަޖައްސާފަ އެވެ.