ads
ފަރަށް އަރާފައިވާ ލޯންޗް-- ފޮޓޯ: އެމްއެންޑީއެފް
ތިން މީހުންނާއި އެކު ދަތުރުކުރި ލޯންޗެއް ފަރަށް އަރައިފި
ތިން މީހުންނާއި އެކު ދަތުރު ކުރަމުން ދިޔަ ލޯންޗެއް ފަރަށް އަރައިފި އެވެ.

އެމްއެންޑީއެފުން ބުނެފައިވަނީ އދ. ހަންފަރުން ފުރައިގެން ކ. ތިލަފުއްޓަށް ދަތުރުކުރި "ސޮނޭވާ-17" ނަމަކަށް ކިޔާ ލޯންޗް ފަރަށް އަރާފައިވާ ކަމަށެވެ. 

އެ ލޯންޗް ފަރަށް އަރާފައިވަނީ ވިލެއްސަރު ރިސޯޓްގެ ފަރަށް ކަމަށާއި، އެހާދިސާއާއި ގުޅިގެން އެމްއެންޑީއެފްގެ ކޯސްޓްގާޑުން ހަރަކާތްތެރިވަމުން އަންނަކަމަށް މައުލޫމާތު ދީފައިވެ އެވެ. އަދި އެ ލޯންޗް ފަރަށް އަރާފައިވަނީ ތެޔޮ ހުސްވެ އިންޖީން ހުއްޓިގެން ކަމަށް ވެސް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ. 

އެމްއެންޑީއެފުން ބުނެފައިވަނި މި ހާދިސާގެ މައުލޫމާތު ލިބިފައިވަނި މިރޭ 07:25 ގައި ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް