ads
ފަތުރުވެރިންގެ ސާމްޕަލް ނަގަނީ--
25 ރިސޯޓެއްގައި ކޮވިޑް އެކްޓިވް ކޭސް
ފަންސަވީސް ރިސޯޓެއްގައި ކޮވިޑަށް ޕޮޒިޓިވް ފަރާތްތައް އެބަ ތިބި ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފި އެވެ.

އެޗްޕީއޭއިން ބުނެފައިވަނީ ރާއްޖޭގެ މީހުން ދިރިއުޅޭ 23 ރަށެއްގައާއި 25 ރިސޯޓެއްގައި އެކްޓިވް ކޭސްތައް ތިބި ކަމަށެވެ. 

އެގޮތުން އެ 25 ރިސޯޓްގައި ކޮވިޑް-19 އަށް ޕޮޒިޓިވް 16 ފަތުރުވެރިއަކާއި 34 ސްޓާފަކު އެބަތިބި ކަމަށް އެޗްޕީއޭއިން މައުލޫމާތު ދެއެވެ. އެހެން ނަމަވެސް އޭގެ އިތުރު ތަފްސީލު ހިއްސާކޮށްފައެއް ނުވެއެވެ. 

ތޭވީސް ރަށުގައި އެކްޓިވް ކޭސްތައް ތިބި އިރު، އެރަށްރަށުގައި ކޮވިޑް-19 އަށް ޕޮޒިޓިވްކޮށް ތިބީ 42 ފަރާތެކެވެ. އެއީ 28 ދިވެހިންނާއި 14 ބިދޭސީއެކެވެ.

އެޗްޕީއޭއިން މައުލޫމާތު ދީފައިވާ ގޮތުގައި މިވަގުތު މޮނިޓަރިންގެ ހާލަތުގައި އޮތީ ގދ. ހޯޑެއްދޫ އެކަންޏެވެ. 

ރާއްޖެއިން މިއަދު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވަނީ 48 ފަރާތެކެވެ. އަދި 48 ފަރާތެއް ބަލިން ރަނގަޅުވެފައިވެ އެވެ. މިއާއި އެކު ބަލި ޖެހުނު މީހުންގެ ޖުމުލަ އަދަދު ވަނީ 9818 އަށް އަރާފައެވެ. އަދި ބަލިން ރަނގަޅުވީ މީހުންގެ ޖުމުލަ އަދަދު ވަނީ 8438 ކަށް އަރާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް